ހއ. ފިއްލަދޫ ބޭރުގައި ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމުގެ ސަބަބުން އާ ކަނދުފައްޗެއް ހަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކަނދުފަތިވެސް ހަރުކޮށްފައިވަނީ ކަނޑައިގެން ދިޔަ ކަނދުފަތި އޮތް ސަރަހައްދުގައި އެވެ.

Ad
rt

ފިއްލަދޫއާއި ދިމާ ބޭރުގައި މަސްވެރިކަމަށް އަޅާފައި އޮންނަ ކަނދުފަތި އިއްޔެގެ ވަގުތެއްގައި އަލުން ހަރުކުރެވިގެން ދާނެ ކަމަށް، ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވެސް ވަނީ ވިދާޅުވެފައެވެ.

''ފިއްލަދޫއާއި ދިމާ ބޭރުގައި މަސްވެރިކަމަށް އަޅާފައި އޮންނަ ބޮއި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަނޑައިގެން ގޮސްފައި، އިންޝާ ﷲ، އާ ބޮއިއެއް މިއަދު އެތަނުގައި ހަރުކުރެވިގެން ދާނެ''

އިއްޔެ އިބްރޭ ވިދާޅުވެފައި ވެއެވެ.

ފިއްލަދޫ ދިމާ ބޭރުގައި އަޅާފައި އޮންނަ ކަނދުފަތި ކަނޑައިގެން ދިޔަފަހުން، ދެމަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ސަރަހައްދުގައި އާ ކަނދުފައްޗެއް އެޅިގެން ދިޔުމަކީ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބޭނެ އުފަލެކެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ.