ހއ. ކެލާއިން ލިބެންހުރި އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުރެވިގެން ނޫންގޮތަކަށް ކެލާގެ ރައްޔިތުން ހިޖުރަކުރުމެއް ނުހުއްޓުވޭނެ ކަމަށް ކެލާދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅު ވެއްޖެއެވެ.
އިބްރޭ ވިދާޅުވީ ކެލާ ތުނޑީގައި ރިސޯޓެއް ނުހެދި ލަސްވާނަމަ ކެލާގެ ޓޫރިމް ތަރައްޤީވުން ލަސްވެގެންދާނެ ކަމަށާއި، ކެލާއިން ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ލަސްވެގެންދާނެ ކަމަށެވެ. އަދި ކެލާގައި ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން ނޫންގޮތަކަށް ކެލާގެ ރައްޔިތުން ހިޖުރަކުރުމެއް ނުހުއްޓުވޭނެ ކަމަށް އިބްރޭ ވިދާޅުވި އެވެ.
''ކެލާ ތުނޑީގައި ރިސޯޓެއް ހެދުމަށް ނިންމާފައިވަނީ 2007 ވަނައަހަރު މައުމޫނު ސަރުކާރުން އެއަށްފަހު ތުނޑީގެމިބައި އޮންނަނީ ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި، އެއަށްފަހު ޔާމިން ސަރުކާރުންވެސް ރިސޯޓްހަދަން މަސައްކަތް ކުރި، މިހާރު ކެލާތުނޑީގައި ރިސޯޓް ހެދުން އެއީ ރައީސްގެ ވައުދެއް''
ކެލާ ތުނޑީގެ ޗާޓެއްގެ ފޮޓޯ ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައި އިބްރޭ ވިދާޅުވި އެވެ.
ކެލާތުންޑީގައި ރިސޯޓެއް ހެދުމަށް ނިންމާފައިވަނީ 2007 ވަނައަހަރު މައުމޫނު ސަރުކާރުން އެއަށްފަހު ތުނޑީގެމިބައި އޮންނަނީ ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި، އެއަށްފަހު ޔާމިން ސަރުކާރުންވެސް ރިސޯޓްހަދަން މަސައްކަތް ކުރި، މިހާރު ކެލާތުނޑީގައި ރިސޯޓް ހެދުން އެއީ ރައީސްގެ ވައުދެއް، pic.twitter.com/XFQ4Tp6PBE
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) November 18, 2020
ކެލާ ތުނޑީގައި ރިސޯޓެއް ނުހެދި ލަސްވާނަމަ ކެލާގެ ޓޫރިމް ތަރައްޤީވުން ލަސްވެގެންދާނެ ކަމަށް އިބްރޭ ވިދާޅުވެފައިވާއިރު، ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޓޫރިޒަމުން ވަނީ މިހިނގާ ނޮވެމްބަރު 15 ވަނަ ދުވަހު ބީލަމަށް ހުޅުވާލާފަ އެވެ.
ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހުޅުވާލާފައި ވަނީ، އެ ސަރަޙައްދުގެ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި އެވެ.
ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ޓޫރިޒަމް މިނިސްޓްރީއިން ހުޅުވާލިއިރު، ކެލާ ތުނޑީގައި ތަރައްޤީކުރާ ރިސޯޓުގެ އިތުރުން ރަށުގެ ޓޫރިޒަމް ޒޯނުން ފަތުރުވެރިކަމަށް 5000 އަކަފޫޓުގެ 12 ބިމާއި، 10000 އަކަފޫޓުގެ 2 ބިން ދޫކުރުމަށް ޕްލޭން ކޮށްފައި ވާކަމަށް ކެލާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވިދާޅުވެފައެވެ.
އިބްރޭ ގެންދަވަނީ ކެލާގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކޮށް، ތުނޑީގައި ރިސޯޓެއް ގާއިމުކުރުމަށް ކެނޑިނޭޅި ވަކާލާތު ކުރައްވަމުންނެވެ.
ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓާ އެންމެ 10 މޭލު ދުރުގައި އޮންނަ ކެލާ އަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ، ބޮޑުމިނުގައި 213 ހެކްޓަރު ހުންނަ ރަށެކެވެ. އެރަށުގައި މިހާރުވެސް ފަސް ގެސްޓްހައުސް އެއް ހިންގައެވެ.
ކެލާއަށް ވަނީ، މޯލްޑިވްސް ޓްރެވަލް އެވޯޑް 2017 ގެ ގެސްޓް ހައުސް އެޑިޝަންގެ "ލީޑިންގ ބީޗް އައިލަންޑް އެވޯޑު" ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!