އެ މެންބަރަކު ހިޔާރުކުރާ ކެނޑިޓޭޓަކަށް ގަދަރާއެކު ވޯޓް ދެވެން ޖެހޭނެ: އިބްރޭ
ބޯމަތިވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ މެންބަރަކު ހިޔާރުކުރާ ކެނޑިޓޭޓަކަށް މިނިވަންކަމާއެކު، ގަދަރާއެކު ވޯޓް ދެވެން ޖެހޭނެކަމަށް ކެލާ ދާއިރާގެ މެންބަރު، އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެ ޕާޓީގެ ތެރޭގައި ވަނީ ވަރަށް ފޯރި ގަދަ ވެފައެވެ. ޕާޓީ ދެ އަތަށް ކަފިވެފައިވާއިރު، ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި “ފިނި ހޫނުމިން” އެކި ވަގުތު ހުރީ އެކި މިނުގައެވެ. މި ފޯރީގައި އެކަކު އަނެކަކަށް އިނގިލިދިއްކޮށް، އިލްޒާމް އެޅުވުމުގެ […]