''އަލީބާބާ.ކޮމް'' އާއި ގުޅިގެން ކުޅުދުއްފުށީގެ ވިޔަފާރިވެރިންނަށް ހާއްސަ އޮންލައިން ވޯކްޝޮޕެއް ބާއްވަނީ
ދިވެހިންނަށް ވިޔަފާރީގެ ދޮރުތައް ހުޅުވައިދިނުމަށް އަލީބާބާ.ކޮމް އާއި ގުޅިގެން ކުޅުދުއްފުށި ސިޓީގައި ބާއްވާ ވޯކްޝޮޕުގައި އޮންލައިންކޮށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މި ސެޕްޓެމްބަރ މަހު 16 ވަނަ ދުވަހު މެންދުރު 1 އިން 3:30 އަށް ކުޅުދުއްފުށީ ފުނަވަލު މާލަމުގައި ބާއްވާ މި ވޯކްޝޮޕުގައި ބައިވެރިވުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ވޯކްޝޮޕަކީ މިނިްސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ބިސްނަސް ސެންޓަރ ކޯރޕަރޭޝަން (ބީސީސީ) އަދި އ...