ކުޅުދުއްފުށި ބަށި މުބާރާތް، ހދ އަތޮޅު ލީގު 2025 ގެ "ޝަރަފްވެރި ބަށި ރާނީ" އަކަށް ކްލަބް ސަމާގެ ޖާޒީ ނައުފާ އިބްރާހީމް ހޮވިއްޖެއެވެ.

މި ސެޕްޓެމްބަރ މަހު 4 އިން 6 އަށް ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް އަރޭނާގައި ކުރިއަށް ގެންދިޔަ މި ބަށި މުބާރާތުގެ ފައިނަލް މެޗުކުޅެ، ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި މުބާރާތުގެ ފައިނަލްގައި ކުޅެފައި ވަނީ ނެއްލައިދޫ ބަށި ޓީމާއި، ކުމުންދޫގެ ކްލަބް ސަމާ އެވެ.

Ad
rt

މި މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ސަމާ ހޯދާފައި ވަނީ 31-25 ލަނޑުން ނެއްލައިދޫ ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އެގޮތުން މި މުބާރާތުގެ ފަހުރުވެރި ޗެމްޕިއަން ޓީމަކަށް ކުމުންދޫ ކްލަބް ސަމާ، މި މުބާރާތުގެ ރަނަރަ އަޕް ޓީމަށް ނެއްލައިދޫ ބަށި ޓީމް ހޮވިފައިވާއިރު، ތާޑް ރަނަރ އަޕް ޓީމަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ސިޓީގެ މަންތާ ސްޕޯޓްސް އެކަޑެމީ އެވެ. އަދި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަކީ ކުޅުދުއްފުށީ ސިޓީގެ ކްލަބް ކޮރަލްސް އެވެ.

ކުޅުދުއްފުށި ބަށި މުބާރާތް، ހދ އަތޮޅު ލީގު 2025ގެ އެންމެ މޮޅު އަށް ކުޅުންތެރިން، ފޮޓޯ: އެސްއެސްޓީވީ ލައިވް

މުބާރާތުގެ އެންމެ މޮޅު 8 ކުޅުންތެރިން

  • ނައުފާ އިބްރާހީމް / ކްލަބް ސަމާ
  • އައިޝަތު ރަޝީދާ / ނެއްލައިދޫ ބަށި ޓީމް
  • ސާމިޔާ އިބްރާހީމް / ކްލަބް ސަމާ
  • މައިމޫނާ މުޙައްމަދު / ނެއްލައިދޫ ބަށި ޓީމް
  • ރައިހާނާ ހަސަން / މަންތާ ސްޕޯޓްސް އެކަޑެމީ
  • ފަޒްނާ ޝަރީފް / މަންތާ ސްޕޯޓްސް އެކަޑެމީ
  • ޒައީމާ ދާވޫދު / މަންތާ ސްޕޯޓްސް އެކަޑެމީ
  • ސަހާމާ އިބްރާހީމް / ނެއްލައިދޫ ސްޕޯޓްސް އެކަޑެމީ

ކުޅުދުއްފުށީ ބަށި މުބާރާތް - ހދ.އަތޮޅު ލީގްގެ ޗެމްޕިއަންކަން ކުމުންދޫ އަށް

މީގެ އިތުރުން މި މުބާރާތުގައި އެންމެ ދުވަސްވީ ކުޅުންތެރިޔާ ހޮވާފައިވާއިރު، މި މަގާމު ލިބިފައިވަނީ މަގުލަސް ކްލަބުގެ އައިޝަތު މުފީދާއެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޖެހުންތެރިޔާގެ މަގާމު މި މުބާރާތުގެ ޝަރަފްވެރި ބަށި ރާނީ، ކްލަބް ސަމާގެ ނައުފާ އިބްރާހީމް ހޯދާފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ހިފުންތެރިޔާގެ ގޮތުގައި ހޮވިފައިވަނީ މަންތާ ސްޕޯޓްސް އެކަޑެމީގެ އައިމިނަތު އަޙުމަދެވެ. އަދި މި މުބާރާތުގެ އެންމެ "ބެސްޓް" ކޯޗުގެ މަގާމު ލިބިފައިވަނީ ކްލަބް ސަމާގެ ކޯޗަށެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބަށި ބޯޅަ ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ މި މުބާރާތުގައި މުޅި ޖުމްލަ 6 ޓީމަކުން މިއަހަރު ބައިވެރިވެފައިވާއިރު، ކުުޅުދުއްފުށީގައި ބާއްވާ މި މުބާރާތަކީ ރާއްޖޭގައި އަތޮޅު ލީގެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަމައެކަނު ބަށި މުބާރާތް ކަން ފާހަގަކޮށްލެވެއެވެ.