މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ކުޅުދުއްފުށީ ސިޓީ ކައުންސިލް

372 Stories filed
ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަނޑިތީމު ހޯދައިފި
Thiladhunmathi News

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަނޑިތީމު ހޯދައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2025” މުބާރާތުގެ ޗެމްޕިއަންކަން ކަނޑިތީމު ފުޓްބޯޅަ ޓީމު ހޯދައިފިއެވެ. ކަނޑިތީމު ފުޓްބޯޅަ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ މަގުލަސް ކްލަބާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 5-4 އިން ކުރި ހޯދައިގެންނެވެ.  އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުުގައި ކުރިއަށް ގެންދިޔަ ފައިނަލް މެޗުގައި ވަރުގަދަ ކުޅުމެއް ދެ ޓީމުން ވެސް ދައްކައި، މެޗު ނިމުނީ ދެ ޓީމު އެއްވަރ...

ޕެނަލްޓީގައި ޒިގްޒެގް ބަލިކޮށް ކަނޑިތީމް ފައިނަލަށް
Thiladhunmathi News

ޕެނަލްޓީގައި ޒިގްޒެގް ބަލިކޮށް ކަނޑިތީމް ފައިނަލަށް

ކުޅުދުއްފުށި ޗެމްޕިއަންޝިޕް ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި، ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖްގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައި ކަނޑިތީމުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކަނޑިތީމުން ކުރި ހޯދާފައި ވަނީ 7-6 ގެ ނަތީޖާއިންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި […]

ކުޅުދުއްފުށީ މަސްމާރުކޭޓްގައި ދެ އަހަރު ދުވަހު މަސްކަނޑުމުގެ ފުރުސަތު
Thiladhunmathi News

ކުޅުދުއްފުށީ މަސްމާރުކޭޓްގައި ދެ އަހަރު ދުވަހު މަސްކަނޑުމުގެ ފުރުސަތު

ހދ.ކުޅުދުއްފުށީ މަސްމާރުކޭޓުގައި ހުސްވެފައިވާ މަސްކެނޑުމުގެ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސްމާރުކޭޓުގައި މަސްކެނޑުމަށް ހާއްސަ ކޮށްފައިވާ 8 ޖާގާގައި ރަޖިސްޓަރީވެގެން މަސްކެނޑުމުގެ ހިދުމަތް ދެ އަހަރުގެ މުއްދަތަށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅުއްވާ ފަރާތްތަކުގެ އަދަދު 08 (އަށެއް) ވުރެން އިތުރުވެއްޖެނަމަ ފޯމް ހުށަހަޅުއްވ...

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދީފި
Thiladhunmathi News

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދީފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، އެކަމުގެ ނިންމުން ފާހަގަކޮށްފިއެވެ. މި ޕްރޮޖެކްޓް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފައި ވަނީ ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ދިވެހި ފުލުހުން އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެންނެވެ. މި ޕްރޮޖެކްޓްގެ ނިމުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާފަ...

ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ފާސްކޮށްފައި އޮތީ ރައްޔިތުންގެ ބާރު ކަނޑުވާލަން: އާތިފް
Raajje

ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ފާސްކޮށްފައި އޮތީ ރައްޔިތުންގެ ބާރު ކަނޑުވާލަން: އާތިފް

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައި އޮތީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް، މޭޔަރ އާޠިފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިންނަކީ ތަންދޮރު ނުދަންނަ ބައެއް ނޫން ކަމަށެވެ. “ބަޔަކަށް އޮޅުވާލެވެން ނެތްހާ ސާފުކޮށް މުޅި ނިޒާމު ބަލިކަށ...

ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ލިބޭ, ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށައިފި
Thiladhunmathi News

ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ލިބޭ, ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް އިއްޔެ ހަވީރު ފަށައިފިއެވެ. މުޅި ޖުމްލަ 8 ޓީމެއް ހިމެނޭ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕެއްގައި 4 ޓީމެއް ހިމެނޭގޮތަށެވެ. މިގޮތުން “ގްރޫޕް އޭ” ގައި ހިމެނެނީ ކްލަބް ކޮރަލްސް، ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް، ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އަދި ހީވެސް ނުވޭ ޓީމެވެ. އަދި “ގްރޫޕް ބީ” ގައި ހިމެނެނީ ކެތި އަރާ، ކަނޑިތީމު […]

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހްތަކާ ދެކޮޅަށް މަސައްކަތްކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮމިޓީއެއް އުފެއްދަނީ
Thiladhunmathi News

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހްތަކާ ދެކޮޅަށް މަސައްކަތްކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮމިޓީއެއް އުފެއްދަނީ

ލާމަރުކަޒީ ޤާނޫނަށް ގެންނަން ފާސްކޮށްފައިވާ އިސްލާހްތަކާއި ދެކޮޅަށް ކޮމިޓީއެއް އުފެއްދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ މި ކޮމިޓީ އުފެއްދުމަށް ނިންމީ، ލާމަރުކަޒީ ޤާނޫނަށް ގެންނަން ފާސްކޮށްފައިވާ ބަދަލުތަކާއި ދެކޮޅަށް ކުރެވެން ހުރި ކަންކަން ދިރާސާކޮށް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، އެބަދަލުތައް ގެނެސްފިނަމަ އެކަމުން ކައުންސިލަށާއި ރައްޔިތުންނަށް ލިބޭނެ ގެއްލުން ކުޑަކުރެވޭނެ ގޮތަކަށް ކައުންސިިލުގެ މަސައްކަތް ރާވާ ތަރުތީބުކުރުމަށް ކަމަށެ...

ރައްޔިތުން އަޅުގަނޑުމެން އިންތިހާބުކުރީ 4 އަހަރުގެ މަސައްކަތް ކޮށްފައި ފަހު އަހަރު ގޭގައި ތިބޭގޮތަކަށް ނޫން: އާޠިފް
Thiladhunmathi News

ރައްޔިތުން އަޅުގަނޑުމެން އިންތިހާބުކުރީ 4 އަހަރުގެ މަސައްކަތް ކޮށްފައި ފަހު އަހަރު ގޭގައި ތިބޭގޮތަކަށް ނޫން: އާޠިފް

ރައްޔިތުން، ސިޓީ ކައުންސިލުގެ މޭޔަރ އަދި ކައުންސިލު މެންބަރުން އިންތިހާބުކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި، ހަތަރު އަހަރު މަސައްކަތްކުރުމަށް ފަހު ބާކީ ފަހު އަހަރު ގޭގައި ތިބޭ ގޮތަކަށް ނޫންކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރ އާޠިފް މިހެން ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެންނަން އިއްޔެ ފާސްކޮށްފައިވާ ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މޭޔަރ ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް މި ގެންނަ ބަދަ...

ކްލަބް ކޮރަލްސް އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބުގެ މެޗުން ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށަނީ
Thiladhunmathi News

ކްލަބް ކޮރަލްސް އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބުގެ މެޗުން ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށަނީ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މި އޮގަސްޓް މަހުގެ 9 ވަނަ ދުވަހު ފަށާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2025” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ. މި އަހަރު މި މުބާރާތުގައި ވާދަކުރަނީ މުޅި ޖުމްލަ 8 ޓީމަކުންނެވެ. މި ޓީމު ތަކުގެ ތެރޭގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ 4 ޓީމަކާއި ކުޅުދުއްފުށިން ބޭރު 4 ޓީމެއް ހިމެނެއެވެ. އެގޮތުން މި ޓީމު ތަކަކީ، ކުޅުދުއްފުށީ ސިޓީގެ ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އާއި، މަގުލަސް ކްލަބު، ހިރަފުސް ސްޕޯޓްސް […]

ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހްތަކާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ކަންބޮޑުވުން
Thiladhunmathi News

ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހްތަކާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ކަންބޮޑުވުން

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާމެދު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި އިސްލާހްގެ ބިލާއި ގުޅިގެން ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މި ބިލަކީ އިދާރީ ގޮތުންނާއި މާލީގޮތުން ބާރުވެރިކުރުމަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ މުހިންމު ބާރު ކަނޑުވާލާ، ކައުންސިލްތަކަށް ލިބިދީފައިވާ މާލީ މިނިވަންކަމާއި ވަސީލަތްތަކުގެ މިލްކުވެ...

ކުޅުދުއްފުށީގައި ބަށި ބޯޅަ އޮފިޝަލުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ބަށި ބޯޅަ އޮފިޝަލުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ބަށި ބޯޅަ އޮފިޝަލުން ތަމްރީނުކުރުމުގެ ގޮތުން ބޭއްވި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ބަށި ބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސްގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. އެގޮތުން މި އޮގަސްޓް މަހުގެ 1 ން 2 އަށް ބޭއްވި މި ޕްރޮގްރާމާއި ގުޅިގެން ސިޓީ ކައުންސިލުން ބުނެފައިވަނީ، މި ޕްރޮގަރާމުގައި ބަށި ބޯޅައިގެ ޤަވާއިދުތަކާއި، މުބާރާތް ހިންގުމުގެ އުސޫލުތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ބައިވެރިންނާއ...

ކޭއާރުއެޗުގެ ބިމާގުޅޭ ކަންކަން ހިނގާދިޔަގޮތް މޭޔަރު އޮޅުންފިލުވައިދެއްވައިފި
Thiladhunmathi News

ކޭއާރުއެޗުގެ ބިމާގުޅޭ ކަންކަން ހިނގާދިޔަގޮތް މޭޔަރު އޮޅުންފިލުވައިދެއްވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގެ އައު އިމާރާތާއި ގުޅިގެން ރައްޔިތުންގެ މެދުގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވޭތީ ކަން ހިނގާފައިވާގޮތުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމުގެ ގޮތުން އެކަން މޭޔަރ އާޠިފް މިރޭ އޮޅުންފިލުވައިދެއްވައިފިއެވެ. މި މައްސަލަ އާއި ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސިއްހީ ވުޒާރާއިން ހޮސްޕިޓަލްގެ އިމާރާތެއް އެޅުމަށް ކޭއާރުއެޗުގެ އުތުރު ބިން ބޭނުންކަމަށް އެދި ސިޓީ ފޮނުވުމާއި ގުޅި...

ކުޅުދުއްފުށީގެ ބައެއް މަގުތަކަކީ ހަމައެކަނި ހިނގާފައިއުޅޭ މަގުތަކަކަށް ހެދުމުގެ ވިސްނުން އެބަހުރި: މޭޔަރު
Thiladhunmathi News

ކުޅުދުއްފުށީގެ ބައެއް މަގުތަކަކީ ހަމައެކަނި ހިނގާފައިއުޅޭ މަގުތަކަކަށް ހެދުމުގެ ވިސްނުން އެބަހުރި: މޭޔަރު

ޒަމާނީ ސިޓީތަކާއި އެއްގޮތައް ކުޅުދުއްފުށި ސިޓީގެ ބައެއް މަގުތައް ޕެޑަސްޓްރިއަން ނުވަތަ ހިނގާފައި އުޅޭ ސަރަހައްދުތަކެއްގެ ގޮތުގައި ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރ އާޠިފް މިހެން ވިދާޅުވީ 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓު ހިއްސާ ކުރުމަށް ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގެއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ އާޠިފް ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ބައެއް މަގުތައް ޕެޑަސްޓްރިއަން...

ކުޅުދުއްފުށީ އުތުރު ބަނދަރުގައި ބޯސާ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީ އުތުރު ބަނދަރުގައި ބޯސާ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރުގައި ބޯސާ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތައް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފަހު 12 އޮގަސްޓް 2025 ވާ އަންގާރަ ދުވަހު 10:30 ގެ ކުރިން https://forms.office.com/r/UfgD3d4cMD މެދުވެރިކޮށް ރަޖިސްޓްރީ ވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށެވެ. އެގޮތުން މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް...

ކުޅުދުއްފުށީ ޓުއަރިޒަމް ޕްލޭން އެކުލަވާލުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީ ޓުއަރިޒަމް ޕްލޭން އެކުލަވާލުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށި ސިޓީގެ ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމަށްޓަކައި ކޮންސަލްޓޭންސީގެ ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތައް އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމުން ކުޅުދުއްފުށި ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ ސިޓީގެ ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމަށްޓަކައި ކޮންސަލްޓެންސީއެއްގެ ޚިދުމަތް ހޯދަން ބޭނުންވާ ކަމަށާއި، އެހެންކަމުން މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮގަސްޓް 2025 ވާ އާދީއްތަ...