ދިވެހިންނަށް ވިޔަފާރީގެ ދޮރުތައް ހުޅުވައިދިނުމަށް އަލީބާބާ.ކޮމް އާއި ގުޅިގެން ކުޅުދުއްފުށި ސިޓީގައި ބާއްވާ ވޯކްޝޮޕުގައި އޮންލައިންކޮށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި ސެޕްޓެމްބަރ މަހު 16 ވަނަ ދުވަހު މެންދުރު 1 އިން 3:30 އަށް ކުޅުދުއްފުށީ ފުނަވަލު މާލަމުގައި ބާއްވާ މި ވޯކްޝޮޕުގައި ބައިވެރިވުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ވޯކްޝޮޕަކީ މިނިްސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ބިސްނަސް ސެންޓަރ ކޯރޕަރޭޝަން (ބީސީސީ) އަދި އަލީބާބާ.ކޮމް ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެއްކަމަށެވެ.

Ad
rt

އެގޮތުން ކުޅުދުއްފުށީގެ ވިޔަފާރިވެރިންނަށާއި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބީސީސީ ގުޅިގެން އޮންލައިންކޮށް މި ވޯކްޝޮޕުގައި ބައިވެރިވުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައެވެ.

މި ވޯކްޝޮޕުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ވޯކްޝޮޕުގައި ނަންނޯޓުކުރުމަށް 7917089 އަށް އެސް.އެމް.އެސް ކުރުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.