ކުޅުދުއްފުށި މަށިކުޅި ވިއުވިންގ ޕްލެޓްފޯމްގެ ވޯކްވޭ ލައިޓްތަކަށް ގެއްލުންދީފި
ކުޅުދުއްފުށި ސިޓީ މަށި ކުޅި ވިއުވިންގ ޕްލެޓްފޯމުގެ ވޯކްވޭ ލައިޓްތަކަށް ބަޔަކު ގެއްލުންދީފިއެވެ. މި ޕެލްޓްފޯމަށް ވެފައި ހުރި ގެއްލުމާއި ގުޅިގެން ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ, މި ޕްލެޓްފޯމުގެ ލައިޓްކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަނީ ގެއްލުންދީފައި ކަމަށެވެ. މިގޮތުން މިއަދު އެ ލައިޓްތައް ކުރިންހުރި ހާލަތައް ގެނެވިފައިވާނެކަމަށާއި, އެހެންނަމަވެސް އަނެއްކާވެސް މިރޭގެ ވަގުތެއްގައި ލައިޓްތަކަށް އިތުރު ގެއްލުންތަކެއް ދީފައިވާކަމަށް މޭޔަރ ޢާޠިފް ވިދ...