''ކުދި ރަށްރަށުގައި ވެސް އާބާދީއަށް އެކަށޭނަ މިންވަރުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަކީ ސިޔާސަތު''
ކޮންމެ ރަށެއްގައިވެސް އާބާދީގެ ނިސްބަތުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލްގެ ގޮތުގައި މިއަދު ފެހެންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. ފެހެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވަޢުދުތަކަކީ އިޚްލާޞ...