ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ބ.އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

މެމޮގްރަފީގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ އުރަމަތީގެ ކެންސަރު ސްކްރީނިންގ ހެދުމަށް ޚާއްޞަކޮށްފައިވާ ކޮޓަރި ބައްލަވާލައްވާފައެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ކެންސަރު ބަލި ގިނަ ޤައުމަކަށްވެފައި، މި ޚިދުމަތް ފެށުމަކީ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އިތުރު މުހިންމު މަޝްރޫޢުތަކެއްވެސް ވަނީ އިފްތިތާޙްކުރައްވާފައެވެ. މިގޮތުން ބ.އަތޮޅުގައި ރާއްޖެ ޓްރާންސްޕޯތް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވެއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އޭދަފުށީގައި ޤާއިމުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ބ. އަތޮޅު ހޮސްޕިޓަލުގެ އާ ޢިމާރާތުގެ މަސައްކަތް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފައެވެ.