ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ރޭ ހަވާލުކޮށްފިއެވެ. މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސް މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަތޮޅުގެ ވެރިރަށް އޭދަފުށީގައެވެ.
މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމްއެވެ.
މި މަޝްރޫޢުގެ ދަށުން އަޅާ އައު އިމާރާތުގެ މަސައްކަތް ނިންމުމަށް ދެވިފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢޫ އަށް 181.7 މިލިއަން ރުފިޔާގެ ޚަރަދުވާނެކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަޝްރޫޢަކީ ސަރުކާރުން ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން އެ އަތޮޅުގެ ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެ، އިތުރު ޚިދުމަތްތަކެއް ތަޢާރަފުވެގެންދާނެކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!