ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމުގެ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް މަސައްކަތްކުރޭ: ރައީސް
ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ހޯމަ ދުވަހު އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 12 ވަނަ މަންޒިލުގެ ގޮތުގައި ރޭ ދަރަވަންދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ސިޔާސީ ވިސްނުމަށް ޖާގަދެވި، އޭގެ ސަބަބުން ހުރަސްތ...