ބ. ފެހެންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައި، އެރަށުގައި އަޅާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށައިފިއެވެ.
ފެހެންދޫ އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ހަތް ވަނަ މަންޒިލެވެ.
ފުޅަދޫގައި ބީއެމްއެލްއިން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފައްޓަވައި ދެއްވީ އެރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައި ރައީސް މުޢިއްޒެވެ. މި ޚިދުމަތް ފައްޓަވާދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.
އޭޓީއެމުން ޚިދުމަތް ފެއްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ފެހެންދޫއަށް ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެލެއްވީ ކައުންސިލުގެ ރައީސް، ޢަބްދުލްޙަންނާން ޢައްބާސްއެވެ.
ފުޅަދޫގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ޚިދުމަތް ލިބޭ، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. މިގޮތުން މިހާތަނަށް ޖުމްލަ 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ. މިހާތަނަށް ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމްކުރެވުނު އަތޮޅުތަކަކީ ހއ. އަތޮޅާއި، ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅެވެ.
މީގެއިތުރުން ފެހެންދޫގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!