ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި، މަސައްކަތްތެރީން ރާއްޖެ އައުމުގެ ހުއްދަދޭން ނިންމައިފި
ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ޖުލައިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއައުމުގެ ހުއްދަ ދޭގޮތަށް ނިންމައިފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދެކުނު އޭސިޔާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ޖުލައި 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމި ނިންމުން ތަންފީޒު ކުރަންފަށާނީ،...