ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ޖުލައިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއައުމުގެ ހުއްދަ ދޭގޮތަށް ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދެކުނު އޭސިޔާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ޖުލައި 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމަވާފައިވާ ކަމަށެވެ.

Ad
rt

ނަމަވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމި ނިންމުން ތަންފީޒު ކުރަންފަށާނީ، ކުރިއަށް މިއޮތް ހަފުތާގައި އެ ސަރަހައްދުގެ ކޯވިޑްގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ދެކުނު އޭޝިއާ އިން ރާއްޖެއަށް މަސައްކަތް ކުރަން އަންނަ މަސައްކަތްތެރިންނަށް ވާކްޕަމިޓް ދޫކުރުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. އެކަމަކު އެމީހުން ރާއްޖެ އައިސް ކަނޑައަޅާ ވަކި މުއްދަތަކު ކަރަންޓީނު ވާން ޖެހޭނެ ކަމުގައި ރައީސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސަރަހައްދަށް ލުއިތަކެއް ދޭން ނިންމައި އެކަން ވެސް ރައީސް ވަނީ އިއުލާން ކުރަށްވާފައެވެ.

މީގެއިތުރުން ކޯވިޑަށް ޕޮޒިޓިވްވެ، އެބަލިން ރަނގަޅުވެފައިވާ ފަރާތްތަކުގެ ތެރެއިން 2 މަސް ދުވަސް ނުވާ ފަރާތްތަކަށް ކަރަންޓީން ވުމަކާއި ނުލާ ދަތުރު ކުރުމަށް ހުއްދަ ދޭން ނިންމާފައިވާކަން ވެސް ރައީސް ވަނީ އިއުލާން ކުރަށްވާފައެވެ.