ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޒަހާ ވަޙީދު ކޮށްދެއްވި ޚިދުމަތްތަކަށް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރަށްވައިފިއެވެ.
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި ހުންނެވި ޒަހާ ވަޙީދު އެ މަޤާމުން އިސްތިޢުފާދެއްވީ މިއަދުއެވެ.
ޒަހާ، ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވިކަން ހާމަކުރަށްވާ ރައީސް އޮފީހުން ވިދާޅުވީ، އެކަމަނާގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޒަހާ ވަޙީދު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފަ ކަމަށެވެ.
ޒަހާ މަގާމުން ވަކިކުރެއްވިކަމުގެ އަޑުތަކެއް ވެސް ހޯމަދުވަހުގެރޭ ފެތުރުނެވެ.
ޒަހާ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤުން އިސްތިއުފާދެއްވުމުން، ރައީސް ޞާލިޙް މިއަދު ވަނީ އެ މަގާމަށް ކުރިން އެންވަޔަރަންމަންޓް މިނިސްޓަރުކަމުގައި ހުންނެވި، ޑރ. ޙުސައިން ރަޝީދު ޙަސަން އައްޔަނު ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!