މާލެ ސަރަހައްދަށް ޖުލައި އެކަކުން ފެށިގެން ލުއިތަކެއް ދެނީ

Male City

ކޯވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަންނަ ޖުލައި މަހުގެ 1 އިން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ހެލްތު އެކްސްޕާޓުންނާއި، އެޗްއީއޯސީއާއި ކަމާގުޅުންހުރި ފަރާތްތަކުގެ ލަފާފުޅާއިއެއްގޮތަށް އަންނަ ޖުލައި މަހުގެ 1 އިން ފެށިގެން މާލެ ސަރަހައްދަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

މިގޮތުން ޖުލައި 1 އިން ފެށިގެން ކާފިއު ވަގުތު ރޭގަނޑު 8 އިން ފަތިހު 4 އަށް ކުރުކުރުމަށް ނިންމާފައިވާއިރު، ކާފިއުނޫން ވަގުތުގައި ފާހަކާނުލައި ބޭރުގައި އުޅެވޭގޮތް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން ޖުލައި މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތް ހަދައިގެން ނަމާދުކުރެވޭ ގޮތަށް ހުއްދަދޭން ނިންމާފައިވާއިރު، ކާފިއު ނޫން ވަގުތު ހުރިހާ ވިޔަފާރިތަކެއް ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަވެސް ދިނުމަށް ވަނީ ނިންމާފައެވެ.

ކާފިއު ނޫން ވަގުތުތަކުގައި މާލޭ ސަރަހައްދުގެ ކެފޭ ރެސްޓޯރެންޓު ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަ ދޭން ވެސް ވަނީ ނިންމާފައެވެ. އެހެންކަމުން ފަތިހު 4 އިން 8 އާއި ހަމައަށް ކެފޭ، ރެސްޓޯރެންޓްތައް ހުޅުވައިގެން ޑައިން އިންގެ ހިދުމަތް ދެވޭގޮތަށް ވަނީ ލުއިދީފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި