މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި
Raajje

ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ނިންމައިފިއެވެ. ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް) އިން ފާސްކޮށްފައި ވަނީ އެ ގްރޫޕްގެ ހުރިހާ މެންބަރުންގެ އިއްތިފާޤުންކަމަށް މައުލޫމާތު ލިބެއެވެ. މިކަމާބެހޭ އެމްޑީޕީގެ ރަސްމީ ބަހެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ މެންބަރަކު އެކަން ވަނީ ”ތިލަދުން” އަށް ޔަގީންކޮށްދީފައެވެ. އަދި އެ މައްސަލަ...

ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ، އަމާޒަކީ މަދުވެގެން 62 ގޮނޑި: ރައީސް
Raajje

ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ، އަމާޒަކީ މަދުވެގެން 62 ގޮނޑި: ރައީސް

ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރުގެ އޮތީ ހެޔޮ ނިޔަތްކަމަށާއި، ވައުދުތައް ފުއްދުމާއެކު ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ދެމެހެއްޓޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ލީޑްކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މިއަދު ކުރިއަށް ދިޔަ ވަގުތު އެތަން ބައްލަވައިލައްވަން ވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ސ...

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި
Raajje

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި

މިއަދު ފާހަގަކުރާ އަވަށްޓެރި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ސަރުކާރުން ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމަށްވާ އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހެވެ. މިއަދުގެ މުނާސަބާގައި ރައީސް މުޢިއްޒު ވަނީ ވަކިވަކިން ފޮނުއްވި މެސެޖުތައް މެދުވެރިކޮށް އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދ...

ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް މިރޭ ސަލްޓަންޕާކުގައި
Raajje

ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް މިރޭ ސަލްޓަންޕާކުގައި

ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ފޯރަމް އޮންނާނީ މިރޭ 20:30 ގައި މާލޭގެ ސަލްޓަންޕާކުގައެވެ. މި ފޯރަމް ބާއްވަން ނިންމާފައި ވަނީ ކޮންމެ ދެ މަހަކުން އެއް މަހުއެވެ. މި ފޯރަމްގައި ރައްޔިތުން ވަޒީރުންނާ ކުރަން ބޭނުން ކޮންމެ ސުވާލެއް ވެސް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ […]

މާލޭގެ މަގުތައް ހަދައި ޕާކިން މައްސަލަ 5 އަހަރުތެރޭ ހައްލު ކުރާނަން: ރައީސް
Raajje

މާލޭގެ މަގުތައް ހަދައި ޕާކިން މައްސަލަ 5 އަހަރުތެރޭ ހައްލު ކުރާނަން: ރައީސް

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތައް ހަދައި ޕާކިން މައްސަލަ ހައްލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމާ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމެއް ހައްލުކޮށް ދެއްވާނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައިގެން ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލް ވާނީ […]

ރައީސް އާއި ވަޒީރުން ރައްޔިތުންގެ ކުރިމައްޗަށް، ބޭނުން ސުވާލެއް ކުރެވޭނެ!
Raajje

ރައީސް އާއި ވަޒީރުން ރައްޔިތުންގެ ކުރިމައްޗަށް، ބޭނުން ސުވާލެއް ކުރެވޭނެ!

އެމަނިކުފާނާއި ކެބިނެޓްގެ ހިމެނިވަޑައިގަންނަވާ ވަޒީރުންނާ ސުވާލު ކުރެވޭނެ ގޮތަށް ފޯރަމްތަކެއް ބާއްވަވައި ރައްޔިތުން ކުރަން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމާ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އިތުބާރާއި ތާއިދާއި އެކީގައި އިންތިހާބު ވެގެން އަނ...

އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އަތޮޅުތަކަށް ލިބޭ ގޮތް ހަދަން ރައީސް ނިންމަވައިފި
Raajje

އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އަތޮޅުތަކަށް ލިބޭ ގޮތް ހަދަން ރައީސް ނިންމަވައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު، މީރުބަހުރު ކުރިމަތީގައި ހުންނަ އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް ލިބޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމާ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ މާލޭގައި އަތޮޅު ފިހާރަ ހުރި ނަމަވެސް އެ ފިހާރަތަކަށް ލިބެމުން ދިޔަ ފައިސާ އެެ އަތޮޅުތަކާ ހަވާލުކޮށްފައި […]

މާލެ އާއި ރަސްމާލެ ގުޅުވައިލާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން: ރައީސް
Raajje

މާލެ އާއި ރަސްމާލެ ގުޅުވައިލާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން: ރައީސް

ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްގީކުރާ ޒަމާނީ ރަށް، ރަސްމާލެއާއި ވެރިރަށް މާލެ ގުޅުވައިލާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު (ބައި-އިލެކްޝަން)ގެ މޭޔަރު އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ރަސްމާލެ އާއި މާލެ ގުޅުވައިލުމަށް ކަނޑު އަޑިން އަޅާ ޓަނަލް ވެގެންދާނީ އެޓަނަލ...

ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލަނީ
Raajje

ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލަނީ

ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންތައްތަކާއިގުޅޭގޮތުން މިއަދު ހަވީރު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް އެވެ. ނާޒިމް ވިދާޅުވިގޮތުގައި، މިކަމާއިގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު...

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފައްދައިފި
Raajje

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފައްދައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ” މިއަދު އުފައްދަވައިފިއެވެ. މި އިދާރާ އުފައްދަވައި ރައީސްގެ ފަރާތްޕުޅުން ނެރުއްވި ދެންނެވުމުގައިވާގޮތުން މިތަން ހިނގަމުންދާނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް)އާއި ގުޅިފައިވާ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ. “މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ” ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ސްޕެޝަލް އިކޮނޮމިކ...

ބަލި މީހުން ކުއްލި ފަރުވާއަށް އުފުލުން އިސްލާހްކުރަން ރައީސް އަންގަވައިފި
Raajje

ބަލި މީހުން ކުއްލި ފަރުވާއަށް އުފުލުން އިސްލާހްކުރަން ރައީސް އަންގަވައިފި

ބަލި މީހުން ކުއްލި ފަރުވާއަށް އުފުލާ ނިޒާމު އިސްލާހްކުރަން ރައީސް  ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. ރައީސް މިގޮތައް އެންގެވީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ހާދިސާއާއި ގުޅިގެންނެވެ. މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ވިލިނގިލިން މާލެއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ...

ރައީސް މުއިއްޒުގެ މެސެޖަކާއެކު މާލޭގެ ބިންވެރިންގެ ސައްލާ މިރޭ ބާއްވަނީ
Raajje

ރައީސް މުއިއްޒުގެ މެސެޖަކާއެކު މާލޭގެ ބިންވެރިންގެ ސައްލާ މިރޭ ބާއްވަނީ

ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާ އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. އެ ސައްލާ އޮންނާނީ މިރޭ 8:00 ގައި ސަލްޓަން ޕާކުގައެވެ. މި ބައްދަލުވުން ބާއްވަނީ ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަންގެ ފަރާތުންނެވެ. އެ ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު، ރައީސް ޑރ. މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު ލިބިވަޑައިގެންނެވި […]

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު އުފައްދައިފި
Raajje

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު އުފައްދައިފި

“ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު” ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފެއްދެވި މި އިދާރާ ހިންގާނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުންނެވެ. މިފަދަ ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ، “ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ޤައުމީ ނިޒާމު” ގެ ތެރެއިން ދިވެހިބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތުގެ ޢިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށާއި، ޤައުމީ ރޫޙު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ޤައުމިއްޔ...

އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދައިފި
Raajje

އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދައިފި

ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ރައްޔިތުންގެ ފައިދާ އާއި މަންފާއަށްޓަކައި ކައުންސިލްތަކަށް ދޫކުރެވޭ ގޮތަށް ސަރުކާރުން މިއަދު ހަމަޖައްސައިފިއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ މަސައްކަތްތައް ފިޔަވައި އެހެން ބޭނުންތަކަށް ފަޅު ރަށްތައް ދޫކުރުމާ ބެހޭ ގަވައިދުގައި ބުނެފައިވާ ގޮތުގައި ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ނުހިމެނޭ ފަޅު ރަށްތަކުގެ ތެރެއިން ގަވައިދުގެ ދަށުން ދޫކުރާނެ ފަޅުރަށްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ކައުންސިލްތަ...

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ރަސްމީ ދުވަހެއްކަމުގައި ހަމަޖައްސައިފި
Raajje

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ރަސްމީ ދުވަހެއްކަމުގައި ހަމަޖައްސައިފި

ރައީސް، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ރަސްމީ ދުވަހެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ. މީގެ ކުރީން ރައީސް، މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. ނަމަވެސް ރައީސް މުޢިއްޒު ވަނީ އެކަމަށް ބަދަލުގެންނަވައި، އެ ދުވަސް ރަސްމީ ދުވަހެއްގޮތުގައި ހަމަޖައްސަވާފައެވެ. ރައީސް، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ކޮންމެ އަހަރަކަށް ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ދައުރު ފެށޭ ދުވަހެވެ. ރައީސް މުޢިއް...