ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު ދެގުނަކޮށް އެއްވަނަ މާކެޓަށް އެ ޤައުމު އަލުން ހެދޭގޮތަށް ކަންކަން ތަރުތީބުކުރެވިފައިވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ރާއްޖެ ވަޑައިގެން، ލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަނީ ކޯވިޑް-19ގެ އާލަމީ ވަބާގެ ކުރީން ޗައިނާގެ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޗައިނާއަކީ އެއްވަނަ މާކެޓްކަމަށް ވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި ޗައިނާގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް ޚާއްޞަ މަސައްކަތްޕުޅެއް ކުރެއްވިކަމަށާއި، މިގޮތުން ކޯވިޑްގެ ކުރިން ޗައިނާ ފަތުރުވެރިން ރާއްޖެ އައި މިންވަރަށްވުރެ ދެ ގުނަ އިތުރަށް ގެނެވޭވަރަށް ކަންކަން ތަރުތީބުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އަމާޒަކީ ގިނަވެގެން ދެ އަހަރުގެ ތެރޭގައި ޗައިނާ ފަތުރުވެރިންގެ އަދަދު ކޯވިޑްގެ ކުރިން އައި އަދަދަށްވުރެ ދެގުނަ ކުރުން ކަމަށް ވެސް ވިދާޅުވިއެވެ.
ފަތުރުވެރިން ގެނައުމަށް ޗައިނާގެ ޝިއަމެން އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް އަންނަ ''ސްޕްރިންގް'' މޫސުމުން ފެށިގެން ފަށާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ ޤައުމުގެ އިތުރު އެއާލައިންތަކުން ވެސް ޑައިރެކްޓް ފްލައިޓް އިތުރުކޮށް މާކެޓިން ވަރުގަދަ ކުރަން ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!