މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް އޮފީސް

465 Stories filed
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރަނީ
Raajje

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރަނީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. މިކަމާ ގުޅިގެން ބާއްވާ ޙަފްލާ އޮންނާނީ، މިރޭ 8.30 ގައި ސޯޝަލް ސެންޓަރުގައެވެ. މިރޭގެ ޙަފްލާގައި، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދާއިމީ ވަޒީފާގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ އެރުއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައ...

ރަށްރަށުގައި ގިނަ ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަކީ މުހިންމު އަމާޒެއް: ރައީސް
Raajje

ރަށްރަށުގައި ގިނަ ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަކީ މުހިންމު އަމާޒެއް: ރައީސް

ރަށްރަށުގައި ގިނަ ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު އއ. އުކުޅަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކުގައި ތަރައްޤީގެ އެންމެހައި ކަންކަން ގޮސް ގުޅެނީ ލާމ...

ވީއައިިއޭގެ މަޝްރޫއުތައް ރައީސް ޞާލިޙް ބައްލަވާލައްވައިފި
Raajje

ވީއައިިއޭގެ މަޝްރޫއުތައް ރައީސް ޞާލިޙް ބައްލަވާލައްވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްޤީއަށް ހިންގަމުންދާ މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ. ރައީސް ޞާލިޙް މިއަދު ހަވީރު ވަނީ ވީއައިއޭ އަށް ޒިޔާރަތް ކުރަށްވާފައެވެ. މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެއާޕޯޓު ބައެއް ސަރަޙައްދުތަކަށް ވަޑައިގެން، އެއަރޕޯޓުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އެގޮތުން އެއާޕޯޓުގެ އައު ސީޕްލޭން ޓަރމިނަލް، ފަޔަރ ސްޓޭޝަން، ޕެސެންޖަރ ޓަރމިނަލް ބިލްޑިންގ، ކާގޯ ޓަރމިނަލް އަދި ފިއުލް ފާމުގެ މަސައްކަތްތައް ކ...

ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ރައީސް ނުނިންމަވާ: ރައީސް އޮފީސް
Raajje

ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ރައީސް ނުނިންމަވާ: ރައީސް އޮފީސް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވާދަނުކުރައްވާނެ ކަމަށް އެއްވެސް ބޭފުޅެއްގެ ގާތު މިހާތަނަށް ވިދާޅުނުވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ރައީސް ގޮތެއް ނިންމެވުމުން އެކަން ހާމަކުރައްވާނެ ކަމަށެވެ. މަބްރޫކް މިހެން ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށް އެމްޑީޕީގެ ރައީސް މ...

ޖޭއެސްސީގެ މެންބަރުކަމަށް ނިޔާޒް ޢައްޔަން ކުރައްވައިފި
Raajje

ޖޭއެސްސީގެ މެންބަރުކަމަށް ނިޔާޒް ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ހދ. ވައިކަރަދޫ، ގްރީންވިލާ، އަލްއުސްތާޛު މުޙައްމަދު ނިޔާޒް މިއަދު ޢައްޔަން ކުރައްވައިފިއެވެ. ނިޔާޒް، ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ....

ޖަމްޢިއްޔާތަކުގެ އާ ޤާނޫނެއް، ބިލު ތަސްދީޤު ކުރައްވައިފި
Raajje

ޖަމްޢިއްޔާތަކުގެ އާ ޤާނޫނެއް، ބިލު ތަސްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަމްޢިއްޔާތަކުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މިއީ 2022 އެޕްރީލް 18 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން ޖަމްޢިއްޔާތަކުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނު ބުނާގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކ...

މިއީ ހުރިހާ ޤައުމުތަކަކުން އެކަތިގަނޑަކަށް ވާންވީ ވަގުތު: ނައިބު ރައީސް
Raajje

މިއީ ހުރިހާ ޤައުމުތަކަކުން އެކަތިގަނޑަކަށް ވާންވީ ވަގުތު: ނައިބު ރައީސް

މިވަގުތަކީ ހުރިހާ ޤައުމުތަކަކުން އެކަތިގަނޑަކަށް ވާންވީ ވަގުތުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. މިއަދު އ.ދ. ގެ މައި މަރުކަޒުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ލީޑަރޝިޕަށް ތަޢުރީފުކުރައްވާފައެވ...

"މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން"
Raajje

"މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން"

މަސައްކަތްތެރިންގެ އެންމެހައި ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. މިއަދުގެ ޚިޠާބުގައި ރައީސް ވިދާޅުވީ، ޤައުމެއްގެ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ މައި އިންޖީނަކީ، އެ ޤައުމެއްގެ ހީވާގި މަސައްކަތްތެރިންކަން ކަމަށެވެ. އަދި ދ...

ޖަޕާނު ސަފީރު، ނައިބު ރައީސްއާއި ބައްދަލުކުރައްވައިފި
Raajje

ޖަޕާނު ސަފީރު، ނައިބު ރައީސްއާއި ބައްދަލުކުރައްވައިފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުއާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި ދެ ޤައުމުގެ ދެމެދު ދެމުން އަންނަ އެއްބާރުލުމުގެ މައްޗަށް ދެބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ. މިގޮތުން ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި ޖަޕާނާއި ރާއ...

"އިޖުތިމާޢީ ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ އިން ދެމި އޮންނާނެ"
Raajje

"އިޖުތިމާޢީ ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ އިން ދެމި އޮންނާނެ"

އިޖުތިމާޢީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ. އިން ދެމި އޮންނާނެކަމުގެ ޔަޤީންކަން، އ.ދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް މިއަދު ދެއްވައިފިއެވެ. އ.ދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، ޒިޔާރަތެއް ކުރައްވައި، ރާއްޖޭގެ އިޖުތިމާޢީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވ...

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް ހިންނަވަރަށް
Raajje

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް ހިންނަވަރަށް

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ޅ. ހިންނަވަރަށް ކުރަށްވާ ދަތުރުފުޅެއްގައި ފުރައިވަޑައިގެންފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު، މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ރައީސް، އެމަނިކުފާނުގެ އުފަންރަށް ހިންނަވަރަށް މިކުރަށްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. ދާދިފަހުން އެމަނިކުފާނު ވަނީ އެރަށް ހިމެނޭހެން ޅ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރަށްވާފައެވެ. ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ހިންނަވަރަށް ފުރައި ވަޑައިގެންނެވިއިރި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީ...

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައިފި
Raajje

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައިފި

ރާއްޖޭގައި ގާއިމުވެ ތިބި އަވަށްޓެރި އިންޑިއާގެ ސިފައިން ރާއްޖެއިން ރާއްޖެއިން ބޭލުމަށް ގޮވައިލާ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިސްވެ އޮވެ ހިންގަމުންއަންނަ “އިންޑިއާ އައުޓް” ހަރަކާތަކީ، ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގަރާރެއް ނެރުއްވައިފިއެވެ. އެ ޤަރާރުގައި ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވެފައި ވަނީ، އިންޑިއާއި މެދު ނަފުރަތު އުފެއ...

ޖަޕާނު ސަފީރު، ފަސްޓް ލޭޑީ ފަޒްނާ އާއި ބައްދަލު ކުރައްވައިފި
Raajje

ޖަޕާނު ސަފީރު، ފަސްޓް ލޭޑީ ފަޒްނާ އާއި ބައްދަލު ކުރައްވައިފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގޭގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި ދެ ޤައުމުގެ ދެމެދު ދެމުން އަންނަ އެއްބާރުލުމުގެ މައްޗަށް ދެބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ. މި އަހަރަކީ ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 55 […...

ޗައިނާ ސަފީރުގެ ތައުރީފް ދިވެހި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަށް
Raajje

ޗައިނާ ސަފީރުގެ ތައުރީފް ދިވެހި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަށް

ދިވެހި ސަރުކާރުން ކުރިޔަށްގެންދަވާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން ތައުރީފް ކުރަށްވައިފިއެވެ. ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން މިއަދު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އާއި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގޭގައި ބައްދަލު ކުރަށްވާފައެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަނީ، ކޯވިޑްގެ ބަލިމަޑުކަމުގެ ސަ...

"2023 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވޭނެ"
Raajje

"2023 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވޭނެ"

2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް އިރާދަކުރެއްވިއްޔާ ޤާއިމުކޮށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޞާލިޙް ވިދާޅުވީ، ފުލުހުން ބިނާކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވިގެން އެދިޔަ ނެޝަނަލް ކޮލެޖް...