މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް އޮފީސް

465 Stories filed
ރޯދަ މަހުގެ ރަސްމީ ގަޑި އަކީ 10:00 އިން 14:00 އަށް
Raajje

ރޯދަ މަހުގެ ރަސްމީ ގަޑި އަކީ 10:00 އިން 14:00 އަށް

މި ހިނގާ 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 ގެ ނިޔަލަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ. އެކަން ހާމަކުރައްވާފައި ވަނީ، ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 13 ވަނަ ނަންބަރު ދެންނެވުމުގައެވެ. މި އަހަރުގެ ރަމަޟާން މަސް ފެށުނީ، ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސ...

އަންނަ ހަފްތާ ވެސް ސަރުކާރާއި، ކިޔަވައިދޭ ތަން ތަން ބަންދު
Raajje

އަންނަ ހަފްތާ ވެސް ސަރުކާރާއި، ކިޔަވައިދޭ ތަން ތަން ބަންދު

މި ހަފުތާއެކޭ އެއްގޮތަށް އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިކަމަށް ރައީސް އޮފީހުން ބުނެފިއެވެ. މިގޮތަށް މި ނިންމެވީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީއާއި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވ...

ސަރުކާރު މުވައްޒަފުން ޒަރުރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އަންގައިފި
Raajje

ސަރުކާރު މުވައްޒަފުން ޒަރުރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އަންގައިފި

ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވައިފިއެވެ. ރައީސް އޮފީހުން ބުނީ ސަރުކާރު ބަންދުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރެއްވުން ކަމަށްވާތީ، އިޖުތިމާޢީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިންގ ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގާފައިވާ ކަމަށެވެ. މ...

8 ދުވަހުގެ މުއްދަތަށް ސަރުކާރު ބަންދު
Raajje

8 ދުވަހުގެ މުއްދަތަށް ސަރުކާރު ބަންދު

މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 26 ވަނަ ދުވަހަށް ސަރުކާރު ބަންދުކުރަން ކެބިނެޓުން ފާސްކޮށްފިއެވެ. މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި 8 ދުވަހުގެ މުއްދަތަށް ސަރުކާރު އޮފީސްތައް ބަންދުކުރަން ފާސްކޮށްފައި ވާއިރު، އެ މުއްދަތުގައި ބޭންކުތައް ވެސް ބަންދުވާނެއެވެ. ސަރުކާރުގެ އޮފީސްތައް އަންނަ ހަފުތާއަށް ބަންދު ކުރުމަށް ނިންމާފައިވާއިރު ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ މުސާރާތައް ވެސް 20 އިންސައްތަ ކުޑަކުރުމަށް މިއަދު ވަނީ ނިންމާފަ އެވެ. މި ނިންމުންތައް ނިންމާފައިވަނީ މިއަދު […]

ސިޓީ އަދި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައަޅުއްވައިފި
Raajje

ސިޓީ އަދި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައަޅުއްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިހުތިޞާޞްތައް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައިފިއެވެ. މިގޮތަށް ކަނޑައެޅުއްވީ ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރު 2/2020 އިން އިއްޔެއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީއާއި، ޤާނޫނު ނަންބަރު 2019/24 (ދިވެހިރާއްޖޭގެ...

މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް އަބޫބަކުރު ޢަބްދުލްކަރީމް ޢައްޔަނު ކުރައްވައިފި
Raajje

މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް އަބޫބަކުރު ޢަބްދުލްކަރީމް ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް، ދަފްތަރު ނަންބަރު 115-94، އަބޫބަކުރު ޢަބްދުލްކަރީމް މިއަދު ޢައްޔަނު ކުރައްވައިފިއެވެ. އަބޫބަކުރު ޢަބްދުލްކަރީމް މީގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރގެ މަޤާމުގައެވެ. އަބޫބަކުރު ޢަބްދުލްކަރީމް ކުރިން ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޑިރެކްޓަރގެ މަޤާމުވެސް ފުރުއްވާފައެވެ. އަބޫބަކުރު ޢަބްދުލްކަރީމަކީ ޑިޕްލޮމާ އިން އޮފީސް މެ...

ރައީސުލްޖުމްހޫރިއްޔާގެ އުންމީދީ "ރިޔާސީ ބަޔާން"
Report

ރައީސުލްޖުމްހޫރިއްޔާގެ އުންމީދީ "ރިޔާސީ ބަޔާން"

ނިމިދިޔަ އަހަރުގެ އުސްއަލިތަކާއި ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކާއި މިއަހަރަށް އެކުލަވާލައްވާފައިވާ މުހިންމު ސިޔާސަތުތައް ހިމެނޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ބަޔާން ޢިއްވަވައިފި އެވެ. ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފެއްޓެވީ ދުނިޔަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ނުރައްކަލުގެ މައްޗަށް އަލިއަޅުއްވާލައްވަމުންނެވެ. އެގޮތުން މި ބަލީގެ ނުރައްކާ ރާއްޖެއަށް އޮތް ނަމަވ...

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި ރައީސް ބައްދަލުކުރައްވައިފި
Raajje

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި ރައީސް ބައްދަލުކުރައްވައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ “ނޮވެލް ކޮރޯނާވައިރަސް” އިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ފިޔަވަޅުތައް އެޅުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައެއް ވަޒީރުންނާއި ކަމާގުޅޭ އިދާރާތަކުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮރޯނާވައިރަ...

މިރޭ 12 އިން ފެށިގެން ޗައިނާއިން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފި
Raajje

މިރޭ 12 އިން ފެށިގެން ޗައިނާއިން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފި

މިރޭ 12 އިން ފެށިގެން ޗައިނާއިން ރާއްޖެ އަންނަ އެއްވެސް މީހަކު ރާއްޖެއަށް ވަނުމުގެ ހުއްދަ ނުދޭން ދިވެހި ސަރުކާރުން ނިންމައި، އެކަން ހާމަކޮށްފިއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސި ބަހުން އިއްވެވި ސްޓޭޓްމަންޓުގައި ވިދާޅުވީ، މިރޭ ދަންވަރު 12:00 އިން ފެށިގެން ޗައިނާގެ މެއިންލޭންޑުން އަންނަ އެއްވެސް ގައުމެއްގެ ރައްޔިތަކަށް ރާއްޖެ ވަނުމުގެ ހުއްދަ ނުދޭން ދިވެހި ސަރުކާރުން މިވަގުތަށް ނިންމާފައިވާ ކަމަށެވެ. އެނޫސްވެރިންގެ ބައްދަލުވުމުގައި [...

ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ރާއްޖެވަނީ ތައްޔާރުވެފައި: ސަރުކާރު
Raajje

ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ރާއްޖެވަނީ ތައްޔާރުވެފައި: ސަރުކާރު

“ނޮވެލް ކޮރޯނާ ވައިރަސް” އިން ރައްކާތެރިވުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ރާއްޖެއިން ވެފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. އެކަން ހާމަކުރައްވާފައިވަނީ “ނޮވެލް ކޮރޯނާ ވައިރަސް” އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ބޭއްވެވި ޕްރެސް ކޮންފަރަންސް އެއްގައެވެ. އެ ޕްރެސްކޮންފަރަންސްގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އ...

މަޝްރޫއުތަކުގެ ތަފްސީލާއި ރަށްރަށުގެ މައުލޫމާތު އެނގޭނެ ވެބްސައިޓެއް އިފްތިތާހްކޮށްފި
Raajje

މަޝްރޫއުތަކުގެ ތަފްސީލާއި ރަށްރަށުގެ މައުލޫމާތު އެނގޭނެ ވެބްސައިޓެއް އިފްތިތާހްކޮށްފި

މަޝްރޫއުތަކުގެ ތަފްސީލާއި ރަށްރަށުގެ މައުލޫމާތު އެނގޭނެ ވެބްސައިޓެއް އިފްތިތާހްކޮށްފި އެވެ. ސަރުކާރުން ހިންގާ މަޝްރޫއުތައް ދެފުށް ފެންނާނެ ގޮތަކަށް ހިންގުމަށްޓަކައި އެ މަޝްރޫއުތަކުގެ މައުލޫމާތު އާއްމުކޮށް ލިބޭނެ ވެބްސައިޓް އިފްތިތާހްކުރީ މިއަދު އެވެ.   ދިވެހި ބަހުން މަޢުލޫމާތު އާންނުކޮށްފައިވާ މިވެބްސައިޓަކީ ސަރުކާރުގެ މުއްސަސާތައް ޖަވާބުދާރީ ކުރުވުމަށް މަގުފަހި ކުރުމަށް ލޯންޗުކުރި މި ވެބްސައިޓަކީ ރައީސް އޮފީހުން އިސްނަގައިގެން ތައްޔާރު ކޮށްފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓާ ބެހޭ މައުލޫމާތު ދެ...

Raajje

2020 ވަނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކަށް ހަ ދުވަސް އިތުރުކޮށްފި

މިހާތަނަށް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ގުނަމުން އަންނަ އަދަދަށް އަންނަ 2020 ވަނަ އަހަރު، ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ހަ ދުވަސް ހިމެނުމަށް ސަރުކާރުން ނިންމަވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި އިތުރު ހަ ދުވަސް ހިމަނުމަށް ނިންމާފައިވާ ކަމަށެވެ. ބަންދު ދުވަސްތަކުގެ ގޮތުގައި ނިންމި އިތުރު ހަ ދުވަސް: ޖެނުއަރީ، 2 މޭއި، […]

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އޮތް ގުޅުން ވަރުގަދަ ކުރަނީ
Raajje

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އޮތް ގުޅުން ވަރުގަދަ ކުރަނީ

އދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ނިއުޔޯކަށް މިއަހަރު ކުރެއްވި ދަތުރުފުޅުގައި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ކަންތައްތައް ކުރިޔަށްގެންދިޔުމުގައި ކަންކުރަންވީ އެންމެ ރަނގަޅު އުޞޫލުތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ސަރުކާރާއި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ބާއްވާ މަސައްކަތު ބައްދަލުވުމެއް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފަށްޓަވައިފިއެވެ. މި އެއްބަސްވުމުގެ ދަށުން، ރާއްޖެއާއި ބްލޫ ޕްރޮސްޕެރި...

އިންޑިއާ އާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް: ރައީސް
Raajje

އިންޑިއާ އާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް: ރައީސް

މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަމަކީ އިންޑިއާއާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހުރިއްޔާ ވަނީ އިންޑިއ...

ފެނާއި ނަރުދަމާގެ ބިލް ރައީސް އޮފީހަށް ފޮނުވައިފި
Raajje

ފެނާއި ނަރުދަމާގެ ބިލް ރައީސް އޮފީހަށް ފޮނުވައިފި

ފެނާއި ނަރުދަމާގެ ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލައި، ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ. ފެނާއި ނަރުދަމާގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވީ ސިއްހީ ގޮތުން ރައްކާތެރި ފެން ރައްޔިތުންނަށް ލިބޭކަން ކަށަވަރު ކުރުމަށާއި ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް، ތަރައްގީ ކުރުމާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް، އޭގެ ފައިދާ ލިބޭނެ ކަށަވަރު ކުރުމަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން...