ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ޅ. ހިންނަވަރަށް ކުރަށްވާ ދަތުރުފުޅެއްގައި ފުރައިވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ރައީސް، އެމަނިކުފާނުގެ އުފަންރަށް ހިންނަވަރަށް މިކުރަށްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.

Ad
rt

ދާދިފަހުން އެމަނިކުފާނު ވަނީ އެރަށް ހިމެނޭހެން ޅ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރަށްވާފައެވެ.

ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ހިންނަވަރަށް ފުރައި ވަޑައިގެންނެވިއިރި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ އެމަނިކުފާނުގެ އުފަން ރަށް، ފުވައްމުލައް ސިޓީއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގައި 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ބާއްވާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ފުވައްމުލައް ސިޓީގައި އިމާރާތްކުރާ ޤުރުއާނާއިބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.