Skip to main content
Topic Archive

#ނޭކުރެންދޫ ކައުންސިލް

30 Stories filed
ނޭކުރެންދޫ ކައުންސިލްގެ ކުޅިވަރު ފެސްޓިވަލް "ނެވި ސްޕޯޓްސް ފިއެސްޓާ" ގެ ނަމަށް ބަދަލުކޮށް ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ނޭކުރެންދޫ ކައުންސިލްގެ ކުޅިވަރު ފެސްޓިވަލް "ނެވި ސްޕޯޓްސް ފިއެސްޓާ" ގެ ނަމަށް ބަދަލުކޮށް ބައިވެރިވާން ހުޅުވާލައިފި

ހދ. ނޭކުރެންދޫ ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ކުޅިވަރު ފެސްޓިވަލް ރީބްރޭންޑްކޮށް، “ނެވި ސްޕޯޓްސް ފިއެސްޓާ 2026” ގެ ނަމުގައި އެ މުބާރާތް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކައުންސިލުން މިކަން އިއުލާނުކޮށް، މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމުތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ރަޖިސްޓަރޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 5 ނޮވެމްބަރު 2026 ވާ ދުވަހުގެ މެންދުރުފަހު 1:00...

ނޭކުރެންދޫ މިސްކިތު ގޯތީގައިވާ ވެވު މަރާމާތުކުރަން ބީލަމަށް ހުޅުވާލައިފި
Thiladhunmathi News

ނޭކުރެންދޫ މިސްކިތު ގޯތީގައިވާ ވެވު މަރާމާތުކުރަން ބީލަމަށް ހުޅުވާލައިފި

ހދ. ނޭކުރެންދޫ ޤަބުރަސްތާނު މިސްކިތު ގޯތިތެރޭގައި އޮތް ވެވުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ. ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ، މި މަސައްކަތަށް ހުޅުވާލާފައިވަނީ އެ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް ޤަބުރަސްތާނު މިސްކިތު ގޯތިތެރޭގައި އޮތް ވެވުގައި ހުރި މަރާމާތުތައް ކޮށްދޭނެ ބަޔަކު ހޯދުމަށް ކަމަށެވެ. މި މަސައްކަތުގެ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވި...

އަންނަ ނޮވެމްބަރުން ފެށިގެން ނޭކުރެންދޫ ކައުންސިލުން އެރަށުގައި ކުނި އުކާލުމުގެ ޚިދުމަތް ފަށަނީ
Thiladhunmathi News

އަންނަ ނޮވެމްބަރުން ފެށިގެން ނޭކުރެންދޫ ކައުންސިލުން އެރަށުގައި ކުނި އުކާލުމުގެ ޚިދުމަތް ފަށަނީ

ހދ. ނޭކުރެންދޫގެ ގޭބިސީތަކުންނާއި، ފިހާރަތަކުން އަދި އެނޫން ވެސް އެކި ތަންތަނުގައި އުފެދޭ ކުނި ނެގުމުގެ ޚިދުމަތްދިނުމަށް ހަމަޖެހިފައިވާތީ، އެ ޚިދުމަތަށް އެދުމުގެ ފުރުޞަތު ނޭކުރެންދޫ ކައުންސިލުން ހުޅުވާލައިފިއެވެ. އެ ގޮތުން، 1 ނޮވްމެބަރ 2026 އިން ފެށިގެން ކުނި ނެގުމުގެ ޚިދުމަތް ދޭން ފަށާނެކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ. އެހެންކަމުން، އެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު 25 އޮކްޓޫބަރ 2026ގެ ކުރިން އެ ކައުންސިލަށް ހުށަހެޅުމަށް އެ އިދާރާއިން […]

ނޭކުރެންދޫގައި ހިންގާ އާދައިގެ ފަހާފޮށިން މާޖަހަ ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ނޭކުރެންދޫގައި ހިންގާ އާދައިގެ ފަހާފޮށިން މާޖަހަ ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ހދ. ނޭކުރެންދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، އާދައިގެ ފަހާފޮށިން މާޖަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އިން އިސްނަގައިގެން ބާއްވާ ކޯހެކެވެ. އތމ ކޮމިޓީން ބުނެފައިވަނީ މި ކޯހަކީ އައު ހުނަރެއް ދަސްކޮށްގެން އަމިއްލަ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް ވަރަށް މުޙިއްމު ކޯހަކަށް ވާނެކަމަށެވެ. މީގެއިތުރުން މާޖެހުމަށް ޚާއްޞަ ވަކި ފޮއްޓެއް ނެތް ނަމަވެސް، ގޭގައި ގެންގުޅ...

ނޭކުރެންދޫގައި ޒުވާނުންގެ ފޯރަމަކާއި ތިންމުގޯލި ކުޅުމުގެ ހަރަކާތެއް
Thiladhunmathi News

ނޭކުރެންދޫގައި ޒުވާނުންގެ ފޯރަމަކާއި ތިންމުގޯލި ކުޅުމުގެ ހަރަކާތެއް

މިއަހަރުގެ ޒުވާނުންގެ ދުވަހަށް ޚާއްސަކޮށް ހާއްސަ ހަރަކާތްތަކެއް ގެންދަން ހދ. ނޭކުރެންދޫ ކައުންސިލުން ތައްޔާރުވެއްޖެއެވެ. ނޭކުރެންދޫގައި މި ދުވަސް ފާހަގަކުރުމަށް ގެންދަން ތައްޔާރުވެފައިވާ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ޒުވާނުންގެ ފޯރަމް އެވެ. “މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ދައުރު” މި ޝިޔާރުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ހާއްސަ ފޯރަމެއް އޮންނާނީ މިރޭ 20:45 ގައި އެރަށު ކައުންސިލް އިދާރާ އާއި ދެމެދު ބީޗު ސަރަހައްދުގައެވެ. މި ފޯރަމްގައި ދަރުސްދެއްވަން ހަމަޖެހިފައި ވަނީ އައްސައިޚް މ...

ނޭކުރެންދޫ ކައުންސިލުން ރަށް ވަށައިގެން 40 ފޫޓް ފުޅާ މަގެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނޭކުރެންދޫ ކައުންސިލުން ރަށް ވަށައިގެން 40 ފޫޓް ފުޅާ މަގެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ނޭކުރެންދޫ ކައުންސިލުން ފާސްކޮށްފައިވާ ލޭނޑްޔޫސް ޕުލޭނުގައިވާ ގޮތަށް، ރަށްވަށައިގެން 40 ފޫޓް ފުޅާ މަގެއްހަދައިދޭނޭ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާނު ކޮއްފިއެވެ. މި މަގު ހެދުމަށް ހަމަޖެހިފައިވަނީ ލޭންޑް ޔޫސް ޕުލޭނުގައި ފާހަގަ ކޮށްފައިވާ ގޮތަށް، ގޮނޑުދަށުންފެށިގެން ހޭޅިފަށުގައި 100 ފޫޓްގެ އެރިޔާއެއް (ގްރީން ޒޯން އޭރިޔާ) ދޫކުރުމަށް ފަހުގައެވެ. އިޢުލާނުގައި ހީރަސް ކޮއްފައިވާ ރަށުގެ ޗާޓުންގައި ވެސް  ރަށް ވަށައިގެން ރަތް ކުލައިން އެ ސަރަޙައްދު ވަނީ ފާހަގަ ކޮއްފައެވެ. މިކަމަށް ޝައުގުވެރި ލައްވ...

ނޭކުރެންދޫގައި ބާއްވާ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ނޭކުރެންދޫގައި ބާއްވާ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި ބާއްވާ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޒެޑްއެސްއޭ “ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2024” ނަމުގައި 35 އަހަރުން މަތީ މީހުންނަށް އަމާޒު ކޮށްގެން ބާއްވާ މި މުބާރާތް، އެ ރަށު ކައުންސިލާއި ޑަބްލިއުޑީސީގެ އެހީތެރިކަމާއިއެކު ރާވާ ހިންގަނީ ޒާހިރު ސްޕޯޓްސް އެކަޑަމީންނެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ފޯމް އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 20 ވަނަ […]

ނޭކުރެންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން ކުޅެން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ނޭކުރެންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން ކުޅެން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށު ސްކޫލް ކުދިންނަށް ބެޑްމިންޓަން ކުޅެން ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. އެ ރަށު ސްކޫލްގެ ގްރޭޑް ހަތަރަކުން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 70 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ޑިސެމްބަރ މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުން...

ނޭކުރެންދޫ ބީ 14 ފުޓްސަލް މުބާރާތް ރުއްގަނޑު އެފްސީ ކާމިޔާބުކޮށްފި
Sports

ނޭކުރެންދޫ ބީ 14 ފުޓްސަލް މުބާރާތް ރުއްގަނޑު އެފްސީ ކާމިޔާބުކޮށްފި

ހދ.ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ބީ14 ސްޕޯޓްސް ފެސްޓިވަލްގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރުއްގަނޑު އެފްސީ ހޯދައިފިއެވެ. އިއްޔެ ހަވީރު ނޭކުރެންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރުއްގަނޑު އެފްސީއާއި ކްލަބް ސިވިކް އެވެ. ވާދަވެރި ފޯރިގަދަ ފައިނަލް މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރުއްގަނޑު އެފްސީއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރުއްގަނޑު އެފްސީގެ އަކްރަމް އަބް...

ނޭކުރެންދޫ ކައުންސިލްގެ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް" ގައި ބައިވެރިވާން ހުޅުވާލައިފި
Raajje

ނޭކުރެންދޫ ކައުންސިލްގެ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް" ގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ” ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2023″ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފެސްޓިވަލްގައި ދެ ކުޅިވަރެއް ހިމެނެއެވެ. އެއީ ފުޓްސަލްއާއި ވޮލީ ބޯޅައެވެ. ފުޓްސަލް މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކަނޑައެޅިފައިވާ މުއްދަތުގައި ހަތަރު ޓީމް ބައިވެރިވިނަމައެވެ. އަދި ވޮލީ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކަނޑައެޅިފައިވާ މުއްދަތުގައި ތިން ޓީމް ބައިވެރިވިނަމައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރ...

ބީސާދަ ސްޕޯޓްސް ފެސްޓިވަލް: ފުޓްސަލް ޗެމްޕިއަންކަން ޑީސީއަށް، ހޭންޑްބޯލް ޗެމްޕިއަންކަން މަކުނުދޫއަށް
Sports

ބީސާދަ ސްޕޯޓްސް ފެސްޓިވަލް: ފުޓްސަލް ޗެމްޕިއަންކަން ޑީސީއަށް، ހޭންޑްބޯލް ޗެމްޕިއަންކަން މަކުނުދޫއަށް

ހދ. ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ބީސާދަ ސްޕޯރޓްސް ފެސްޓިވަލް 2022 ގައި ކުރިޔަށްދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޑީސީ ފްރެޓާނިޓީ އިން ހޯދައިފިއެވެ. މިއަދު ހަވީރު ކުރިޔަށްދިޔަ ފައިނަލް މެޗު ޑީސީއިން ކާމިޔާބުކުރީ މާޒިންސްއާއި ބައްދަލުކޮށް 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނުނު ހަމައެކަނި ގޯލު ފަހުހާފުގެ ފުރަތަމަ މިނެޓުގައި ޑީސީއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ވިލްފް އެވެ. މެޗުގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ ޑީސީގެ ކީޕަރ އަހުމަދު މާހިން އެވެ. މުބާރާތުގެ ފެއާޕުލޭ ޓީމަކަށް...

ބީސާދަ ސްޕޯޓްސް ފެސްޓިވަލް: ސިވިކް އާއި ވީކޭ ސެމީފައިނަލަށް
Thiladhunmathi News

ބީސާދަ ސްޕޯޓްސް ފެސްޓިވަލް: ސިވިކް އާއި ވީކޭ ސެމީފައިނަލަށް

ހދ. ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ބީސާދަ ސްޕޯރޓްސް ފެސްޓިވަލް 2022 ގައި ކުރިޔަށްދާ ފުޓްސަލް މުބާރާތުގެ ސެމީއަށް ސިވިކް އަދި ވީކޭ ދަތުރު ކޮށްފިއެވެ. ސިވިކް ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދި އިރު ވައިކަރަދޫ (ވީކޭ) ސެމީއަށް ދިޔައީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަންގާރަދުވަހު ކުޅުނު މެޗުން ސިވިކް މޮޅުވީ ސެނޯންއާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައިފައިވަނީ ސިވިކް އިންނެވެ. […]

ބީސާދަ ސްޕޯރޓްސް ފެސްޓިވަލް: މާޒިންސް އަދި ޑީސީ ސެމީއަށް
Raajje

ބީސާދަ ސްޕޯރޓްސް ފެސްޓިވަލް: މާޒިންސް އަދި ޑީސީ ސެމީއަށް

ހދ. ނޭކުރެންދޫ ކައުންސިލްއިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ބީސާދަ ސްޕޯޓްސް ފެސްޓިވަލްގައި ހޯމަދުވަހު ކުޅުނު މެޗުތަކުން މޮޅުވެ މާޒިންސް އެފްސީ އަދި ޑީސީ ފްރެޓާނިޓީ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ. ގްރޫޕް އޭ ގައި ކުޅުނު ތިން މެޗުން ދެމެޗު ކާމިޔާބުކޮށް މާޒިންސް ސެމީގެ ޖާގައެއް ހޯދިއިރު، މި ގްރޫޕުން ސެމީއަށް ދާނެ ދެވަނަ ޓީމެއް ކަށަވަރުވާނީ މިޔާދު ސެނޯން އަދި ސިވިކް ބައްދަލުކުރާ މެޗައްފަހުގައެވެ. މި މެޗު އެއްވަރު ކޮށްލައިގެންވެސް ސެނޯންއަށް ސެމީއަށް ދެވެން […]

ބީސާދަ ސްޕޯޓްސް ފެސްޓިވަލް: އެންއެޗްސީން ފެލްކަންސް ބަލިކޮށް ފައިނަލްގެ އުންމީދު އާކޮށްފި
Thiladhunmathi News

ބީސާދަ ސްޕޯޓްސް ފެސްޓިވަލް: އެންއެޗްސީން ފެލްކަންސް ބަލިކޮށް ފައިނަލްގެ އުންމީދު އާކޮށްފި

ހދ. ނޭކުރެންދޫ ކައުންސިލްއިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ބީސާދަ ސްޕޯޓްސް ފެސްޓިވަލް ގެ ތިންވަނަ ދުވަހު ކުޅުނު ހޭންޑްބޯލް މެޗް އެންއެޗްސީ ކާމިޔާބު ކުރުމުން މުބާރާތުގެ ފޯރި ގަދަވެއްޖެއެވެ. މި މެޗުން މޮޅުވެގެން ފައިނަލްގެ ޖާގައެއް ކަށަވަރު ކުރެވެން އޮތް ފެލްކަންސް ގެ މައްޗަށް އެންއެޗްސީ ކުރިހޯދީ 4-3 ގެ ނަތީޖާއިންނެވެ. ޝަފާގެ ގޯލުން މެޗުގެ ހަތަރުވަނަ މިނެޓުގައި ފެލްކަންސްއިން ވަނީ މެޗުގެ ލީޑް ނަގާފައެވެ. އޭގެ ދެ މިނެޓް ފަހުން މެޗުގެ 6 ވަނަ […]

ބީސާދަ ސްޕޯރޓްސް ފެސްޓިވަލް 2022 ގެ ދެވަނަ ދުވަސް
Thiladhunmathi News

ބީސާދަ ސްޕޯރޓްސް ފެސްޓިވަލް 2022 ގެ ދެވަނަ ދުވަސް

ހދ. ނޭކުރެންދޫ ކައުންސިލްއިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ބީސާދަ ސްޕޯޓްސް ފެސްޓިވަލް ގެ ދެވަނަދުވަހު ކުޅުނު ހޭންޑްބޯލް މެޗް މަކުނުދޫ ޓީމް ކާމިޔާބުކޮށް ފައިނަލްއާއި ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ. މަކުނުދޫ ޓީމް މި މެޗު ކާމިޔާބު ކުރީ ކަސަބް އާއި ބައްދަލުކޮށް 11-8 ގެ ނަތީޖާއިންނެވެ. މި ނަތީޖާއާއި އެކު ކަސަބަށް ވަނީ ފައިނަލަށް ދިއުމަށް އަމިއްލަބާރު ގެއްލިފައެވެ. އާދީއްތަ ދުވަހު ފެލްކަންސް އަދި އެންއެޗްސީ ބައްދަލުކުރާ މެޗުން އެން އެޗްސީއަށް މޮޅު ނުވެވިއްޖެނަމަ ކަސަބް […]