ނޭކުރެންދޫ ކައުންސިލުން ފާސްކޮށްފައިވާ ލޭނޑްޔޫސް ޕުލޭނުގައިވާ ގޮތަށް، ރަށްވަށައިގެން 40 ފޫޓް ފުޅާ މަގެއްހަދައިދޭނޭ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާނު ކޮއްފިއެވެ.
މި މަގު ހެދުމަށް ހަމަޖެހިފައިވަނީ ލޭންޑް ޔޫސް ޕުލޭނުގައި ފާހަގަ ކޮށްފައިވާ ގޮތަށް، ގޮނޑުދަށުންފެށިގެން ހޭޅިފަށުގައި 100 ފޫޓްގެ އެރިޔާއެއް (ގްރީން ޒޯން އޭރިޔާ) ދޫކުރުމަށް ފަހުގައެވެ.
އިޢުލާނުގައި ހީރަސް ކޮއްފައިވާ ރަށުގެ ޗާޓުންގައި ވެސް ރަށް ވަށައިގެން ރަތް ކުލައިން އެ ސަރަޙައްދު ވަނީ ފާހަގަ ކޮއްފައެވެ.
މިކަމަށް ޝައުގުވެރި ލައްވާފަރާތްތަކުން 2026 އޮގަސްޓް 11 ވާ އަންގާރަ ދުވަހުގެ13:00 ގެ ކުރިން މި އިއުލާނާއި އެކު ވާ ލިންކު މެދުވެރިކޮށް ޕުރަޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށް ފަހު، 2026 އޮގަސްޓް 16 ވާ އާދިއްތަ ދުވަހު 13:15 އަށް އެ ކައުންސިލަށް ހާޟިރުވެ ޕްރަޕޯސަލް ހުށަހެޅުއްވުމަށް ވަނީ ހުޅުވާލާފައެވެ.
މި ކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް، ނޭކުރެންދޫ ކައުންސިލުގެ ނަންބަރު 6520715 ފޯނާ ގުޅުައްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
- ރަށްވަށައިގެން މަގެއްހަދައިދޭނެ ފަރާތެއް ހޯދުމަށް ނޭކުރެންދޫ ކައުންސިލުންކޮށްފައިވާ ޢިއުލާން
- ޕްރަޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ލިންކު: https://forms.cloud.microsoft/r/iajnsjadjw?origin=lprLink
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!