ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި ބާއްވާ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޒެޑްއެސްއޭ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2024" ނަމުގައި 35 އަހަރުން މަތީ މީހުންނަށް އަމާޒު ކޮށްގެން ބާއްވާ މި މުބާރާތް، އެ ރަށު ކައުންސިލާއި ޑަބްލިއުޑީސީގެ އެހީތެރިކަމާއިއެކު ރާވާ ހިންގަނީ ޒާހިރު ސްޕޯޓްސް އެކަޑަމީންނެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ފޯމް އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ސަބްމިޓް ކުރަން ޖެހެއެވެ.

މުބާރާތުގައި ބައިވެރިވާ ޓީމްތަކުން އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ޓީމް ރަޖިށްތަރީ ކުރަން ޖެހެއެވެ. ޓީމް ލިސްޓް ހުށަހަޅާނީ އެކަމަށް ހާއްސަ ކޮށްފައިވާ އޮންލައިން ފޯމް މެދުވެރިކޮށެވެ.

މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި އަހަރުގެ ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހުއެވެ. މި މުބާރާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 9327189 ނަމްބަރަށް ގުޅުމަށް އިންތިޒާމް ކުރާ ފަރާތުން އެދެއެވެ.