މިއަހަރުގެ ޒުވާނުންގެ ދުވަހަށް ޚާއްސަކޮށް ހާއްސަ ހަރަކާތްތަކެއް ގެންދަން ހދ. ނޭކުރެންދޫ ކައުންސިލުން ތައްޔާރުވެއްޖެއެވެ.
ނޭކުރެންދޫގައި މި ދުވަސް ފާހަގަކުރުމަށް ގެންދަން ތައްޔާރުވެފައިވާ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ޒުވާނުންގެ ފޯރަމް އެވެ.
"މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ދައުރު" މި ޝިޔާރުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ހާއްސަ ފޯރަމެއް އޮންނާނީ މިރޭ 20:45 ގައި އެރަށު ކައުންސިލް އިދާރާ އާއި ދެމެދު ބީޗު ސަރަހައްދުގައެވެ.
މި ފޯރަމްގައި ދަރުސްދެއްވަން ހަމަޖެހިފައި ވަނީ އައްސައިޚް މުހައްމަދު އަފްޒަލްއެވެ. ސައިޚް ވަނީ މިހާރު އެރަށަށް ވަޑައިގަންނަވާފައެވެ.
ނޭކުރެންދޫ ކައުންސިލުން ވަނީ އެރަށުގައި ދިރިއުޅޭ 16 މަތީގެ އެންމެނަށް މި ފޯރަމަށް ދައުވަތުދީފައެވެ.
މީގެ އިތުރުން ޒުވާނުންގެ ދުވަހުގެ ހާއްސަ ހަރަކާތެއްގެ ގޮތުގައި އެ ރަށުގެ ބޯޅަ ދަނޑުގައި، ތިންމުގޯލި ކުޅުން ބޭއްވުމަށްވަނީ ވަނީ ނިންމާފައެވެ. އެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ 16 އަހަރުން މަތީގެ އެންމެހާ ފަރާތްތަކަށް އެ ކައުންސިލުންވަނީ ފުރުޞަތު ހުޅުވާލައިފައެވެ. މިއަދުގެ 16:15ގައި އޮންނަ މި ކުޅިވަރުގައި ވީހާ ވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެ ކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!