ހދ. ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ބީސާދަ ސްޕޯރޓްސް ފެސްޓިވަލް 2022 ގައި ކުރިޔަށްދާ ފުޓްސަލް މުބާރާތުގެ ސެމީއަށް ސިވިކް އަދި ވީކޭ ދަތުރު ކޮށްފިއެވެ.
ސިވިކް ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދި އިރު ވައިކަރަދޫ (ވީކޭ) ސެމީއަށް ދިޔައީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
އަންގާރަދުވަހު ކުޅުނު މެޗުން ސިވިކް މޮޅުވީ ސެނޯންއާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައިފައިވަނީ ސިވިކް އިންނެވެ. ސެނޯންގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގާ މިގޯލު ސިވިކް އަށް ކާމިޔާބު ކޮށްދިނީ މެޗުގެ 7 ވަނަ މިނެޓުގައި މުހައްމަދު އަބާން އެވެ. ފުރަތަަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއިން ސިވިކް ކުރީގައި އޮވެގެންނެވެ.
ފަހު ހާފު ފަށައިގެން އެ ހާފުގެ 16 ވަނަ މިނެޓްގައި ސެނޯން އިން ވަނީ ގޯލެއްޖަހައި ސެމީގެ އުންމީދު އާ ކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ހަލީމް އެވެ.
އެއްވަރުވެގެން ސެމީގެ ޖާގައެއް ސެނޯންއަށް ލިބެން އޮތްމެޗު ސިވިކް ކޮޅަށް އެބުރުނީ މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް މުހައްމަދު އަބާން ކާމިޔާބު ކޮށްދިން ގޯލުންނެވެ.
މެޗުގެ މޮޅު ކުޅުން ތެރިޔާއަށް ހޮވިފައިވަނީ ސިވިކްގެ ޖާރޒީ ނަމްބަރ 23 މުހައްމަދު އަބާންއެވެ. ސިވިކް ސެމީގައި ބައްދަލު ކުރަން ޖެހޭނީ ޑީސި ފްރެޓާނިޓީއާއެވެ. މި މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެރޭ 21:00 ގައެވެ.
ވައިކަރަދޫ އިންވެސް ވަނީ އަންގާރަދުވަހު ކުޅުނު މެޗުން މޮޅުވެ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި މެޗު ވައިކަރަދޫއިން ކާމިޔާބުކުރީ ތާޖު އެސްސީ އާއި ބައްދަލުކޮށް 2-0 ގެ ނަތީޖާއިންނެވެ. މެޗުގެ ދެގޯލުވެސް ޖަހައިފައިވަނީ ފުރަތަމަ ހާފުގައެވެ.
ފުަރަތަމަ ގޯލު މެޗުގެ ފަސްވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިބްރާހިމް ވަޖީހް އެވެ. ދެވަނަ ގޯލު މެޗުގެ ބާރަ ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހުސައިން ހުޝާމް އެވެ. މެޗުގެ މޮޅުކުޅުންތރިޔާއަށް ހޮވުނީ ވީކޭގެ ޖާޒީ ނަމްބަރ 7 އިބްރާހިމް ވަޖީހް އެވެ. ވީކޭ ސެމީގައި ބައްދަލުކުރާނީ މާޒިންސް އާއެވެ. މި މެޗު ކުޅޭނީ ބުރާސްފަތިދުވަހުގެރޭ 20:00 ގައެވެ.
މި ފެސްޓިވަލްގައި ހިމެނޭ ހޭންޑްބޯލް މުބާރަތުގައި އަންގާރަދުވަހު ކުޅުނު މެޗު ކާމިޔާބުކޮށް އެންޗްސީ ވަނީ ފައިނަލުން ޖާގަ ހޯދައިފައެވެ. ކަސަބްއާއި ބައްދަލުކޮށް އެންއެޗްސީ މޮޅުވީ 12-7 ގެ ނަތީޖާއިންނެވެ. މެޗުގެ މޮޅު ކުޅުންތރިޔާއަށް ހޮވިފައިވަނީ އެންެއެޗްސީގެ ޖާޒީ ނަމްބަރ 7 ފާތިމަތު ޝައުކާ ނައީމްއެވެ.
ހޭންޑްބޯލް މުބާރާތުގައި އެންއެޗްސީ އަދި މަކުނުދޫ ބައްދަލުކުރާ ފައިނަލްމެޗް ކުޅުމަށް ހަމަ ޖެހިފައިވަނީ ބުރާސްފަތިދުވަހު 16:15 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!