ހދ. ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ބީސާދަ ސްޕޯރޓްސް ފެސްޓިވަލް 2022 ގައި ކުރިޔަށްދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޑީސީ ފްރެޓާނިޓީ އިން ހޯދައިފިއެވެ.
މިއަދު ހަވީރު ކުރިޔަށްދިޔަ ފައިނަލް މެޗު ޑީސީއިން ކާމިޔާބުކުރީ މާޒިންސްއާއި ބައްދަލުކޮށް 1-0 ގެ ނަތީޖާއިންނެވެ.
މެޗުގައި ފެނުނު ހަމައެކަނި ގޯލު ފަހުހާފުގެ ފުރަތަމަ މިނެޓުގައި ޑީސީއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ވިލްފް އެވެ.
މެޗުގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ ޑީސީގެ ކީޕަރ އަހުމަދު މާހިން އެވެ.
މުބާރާތުގެ ފެއާޕުލޭ ޓީމަކަށް ހޮވުނީ ހާމަނަސް އެފްސީ އެވެ.
ފުޓްސަލް ޗެމްޕިއަން ޓީމް ޑީސީ ފްރެޓާނިޓީ
މުބާރާތުގެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ހާމަނަސް އެފްސީގެ ގޯލްކީޕަރ އަހްމަދު ޔާސީން މުހައްމަދު އެވެ.
10 ގޯލުޖަހައިގެން މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ކުލަބް ސިވިކްގެ ޖާޒީ ނަމްބަރ 23 މުހައްމަދު އަބާން އިމްރާން އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަަށް ހޮވިފައިވަނީ ޑީސީ ފްރެޓާނިޓިގެ ޖާޒީ ނަމްބަރ 77 އަބްދުއްﷲ ޔާމީން، ޑީސީ ފްރެޓާނިޓީގެ ޖާޒީ ނަމްބަރ 22 އަހްމަދު މާހިން، ކުލަބް ސެނޯންގެ ޖާޒީ ނަމްބަރ 7 އަހްމަދު ހަލީމް، މާޒިންސް އެފްސީގެ ޖާޒީ ނަމްބަރ 2 އަހްމަދު އައިހަމް އަދި ކުލަބް ސިވކްގެ ޖާޒީ ނަމްބަރ 23 މުހައްމަދު އަބާން އެވެ.
ކިންގް އޮފްދަ ޓޯނަމެންޓް ހޯދީ ޑީސީ ފްރެޓާނިޓީގެ ޖާޒީ ނަމްބަރ 77 އަބްދުއްﷲ ޔާމީން އެވެ.
މި ޓޯނަމެންޓްގައި ހިމެނޭ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން މަކުނުދޫއިން ހޯދީ ފައިނަލްގައި 10-2 ގެ ނަތީޖާއިން އެންެޗްސީ ގެ މައްޗަށް ކުރިހޯދައިގެންނެވެ.
ނެޓްބޯލް މުބާރާތުގެ ޗެމްޕިއަން މަކުނުދޫ
މެޗުގެ މޮޅުކުޅުންތެރިޔާއަށް ހޮވިފައިވަނީ މަކުނުދޫ ޓީމްގެ ޖާޒީ ނަމްބަރ 19 އައިމިނަތު ސަމްރާ އެވެ.
މުބާރާތުވެ ފެއާރޕްލޭ ޓީމަކީ ޓީމް ފެލްކަންސް އެވެ.
މުބާރާތުގެ ބެސްޓް ޔަންގް ޕްލޭއަރ އަށް ހޮވިފައިވަނީ އެންއެޗްސީގެ ޖާޒީ ނަމްބަރ 18 އައިމިނަތު އިބާ މުހައްމަދު ޒާހިރު އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކީ މަކުނުދޫ ޓީމުގެ ޖާޒީ ނަމްބަރ 18 ފާތިމަތު ޔާސްމީން އެވެ.
މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން
- މަކުނުދޫ ޓީމްގެ ޖާޒީ ނަމްބަރ 18 ފާތިމަތު ޔާސްމީން
- މަކުނުދޫ ޓީމްގެ ޖާޒީ ނަމްބަރ 19 އާމިނަތު ސަމްރާ
- މަކުނުދޫ ޓީމްގެ ޖާޒީ ނަމްބަރ 2 އާއިސަތު ސަލްމާ
- މަކުނުދޫ ޓީމްގެ ޖާޒީ ނަމްބަރ 7 ހަލީމަތު ވަހީދާ
- ޓީމް އެންއެޗްސީގެ ޖާޒީ ނަމްބަރ 23 ފާތިމަތު ފަރުޒާނާ
- ޓީމް އެންއެޗްސީގެ ޖާޒީ ނަމްބަރ 7 ފާތިމަތު ޝައުކާ ނަޢީމް
- ޓީމް ފެލްކަންސްގެ ޖާޒީ ނަމްބަރ 10 އާމިނަތު ޝަޒްފާ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!