ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ " ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ފެސްޓިވަލްގައި ދެ ކުޅިވަރެއް ހިމެނެއެވެ. އެއީ ފުޓްސަލްއާއި ވޮލީ ބޯޅައެވެ. ފުޓްސަލް މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކަނޑައެޅިފައިވާ މުއްދަތުގައި ހަތަރު ޓީމް ބައިވެރިވިނަމައެވެ. އަދި ވޮލީ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކަނޑައެޅިފައިވާ މުއްދަތުގައި ތިން ޓީމް ބައިވެރިވިނަމައެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ޓީމް ރަޖިސްޓަރީ ކުރާ ފޯމް ފުރިހަމަ ކުރުމަށް ފަހު ނޭކުރެންދޫ ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މުބާރާތުގައި ބައިވެރިވާ ޓީމްތަކުން، ޓީމް ލިސްޓް ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން ނޭކުރެންދޫ ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި އަހަރުގެ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!