''ޤުރްއާނަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލު''
ކީރިތި ޤުރްއާނަކީ އިންސާނާގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލުކަމާއި، އެއީ ހިތްތަކަށް ޝިފާއެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ ކީރިތި ޤުރްއާނުގެ މާތްކަމާއި އެ ފޮތުން އިންސާނާގެ ދިރިއުޅުމަށް ލިބޭ ބަރަކާތުގެ މައްޗަށެވެ. މިއަދުގެ ޚުޠުބާގައި ބުނީ، ކީރިތި ޤުރްއާން ތިލާވަތުކޮށް، އެ ފޮތުގެ އާޔަތްތަކުގެ މާނައާ މެދު ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރު...