އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން ނަފްސު ރައްކާތެރިކުރުމަށް އިސްލާމް ދީން ބާރުއަޅާ: ހުތުބާ
އިސްލާމް ދީނަކީ އިންސާނާ މާތްކުރައްވާ އޭނާގެ ނަފުސު ރައްކާތެރި ކުރެއްވި ދީން ކަމަށާއި އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން އޭނާގެ ނަފުސު ސަލާމަތްކޮށް ރައްކާތެރިކުރުމަށް އިސްލާމް ދީން ވަނީ ބާރު އަޅުއްވާފައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ. “އަމިއްލަ ނަފުސު އިސްލާހުކުރަން އިސްކަން ދޭށެވެ.” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާ ގައި ވަނީ ހާއްސަކޮށް އެއްވެސް ހައްގަކާއި ނުލާ ތިމާގެ މުސްލިމު އަޚާގެ ނަފުސުގެ ކަރާމާތާއި އިއްޒަތް ނަގައިނުލުމަށް އިސްލާމް ދީން […]