Skip to main content
Topic Archive

#ހުކުރު ހުތުބާ

124 Stories filed
''ރޯދަ މަހަކީ ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން، މިއީ ހީވާގިކަމުގެ މައްސަރު''
Column

''ރޯދަ މަހަކީ ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން، މިއީ ހީވާގިކަމުގެ މައްސަރު''

ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމް އުންމަތަށް ލިބިފައިވާ މަތިވެރި ފުރުޞަތެކެވެ. މިއަދުގެ ހުކުރު ޚުޠުބާއިން ލިބިގެންދިޔަ އެންމެ މުހިންމު އެއް ފިލާވަޅަކީ، ރަމަޟާން މަހަކީ ކަންނެތްކަން އިޚުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި، ހަމައެކަނި ނިދުމާއި ޗުއްޓީ ހޭދަކުރުމުގެ މައްސަރެއް ނޫންކަމެވެ. އޭގެ ބަދަލުގައި، މިއީ އަޅުކަމުގައި ހީވާގިވެ، ދުނިޔަވީ އަދި އާޚިރަތުގެ މަސައްކަތްތަކުގައި ކުރިއަރައިދާންވީ ވަގުތެވެ. ޚާއްޞަކޮށް ރަމަޟާން މަހުގެ ފަހު ދިހައަކަށް އެޅުމުން، އަޅުކަމުގެ ކަމަރު ބަންނަންޖެހެއެވެ. އު...

''މިއީ ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު، ފާފައެެއް ކުރެވިފައިވާނަމަ ތައުބާވާންޖެހޭނެ''
Column

''މިއީ ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު، ފާފައެެއް ކުރެވިފައިވާނަމަ ތައުބާވާންޖެހޭނެ''

ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ގުނަމުންދާއިރު، މިއީ ތަޤުވާވެރިވުމާއި ތައުބާވުމުގެ މަތިވެރި މައްސަރެއްކަން ހަނދާންކޮށްދީ، މިއަދުގެ ހުކުރު ޚުޠުބާގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަނީ އަގުހުރި ނަސޭހަތްތަކެއް ދީފައެވެ. ޚުޠުބާގައި ބާރުއަޅާފައިވަނީ ކުރެވިފައިވާ ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑު ފާފައަކަށް ވިއަސް، އިޚުލާޞްތެރިކަމާއެކު މާތް ﷲގެ ޙަޟުރަތުގައި ތައުބާވުމުގެ މުހިންމުކަމުގެ މައްޗަށެވެ. ”ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވ...

''ލޭ ހަދިޔާކުރުމަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި ޞަދަޤާތެއް''
Column

''ލޭ ހަދިޔާކުރުމަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި ޞަދަޤާތެއް''

މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ހަށިގަނޑުން ލޭ ހަދިޔާކުރުމަކީ މަތިވެރިވެގެންވާ ޞަދަޤާތެއް ކަމަށާއި، އެއީ އާޚިރަތް ދުވަހުގެ ބިރުވެރިކަމުން މިންޖުވުމަށް އޮތް މަގެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ “މީހެއްގެ ފުރާނަ ސަލާމަތްކުރުމުގެ މަތިވެރިކަން” މި މައުޟޫއަށެވެ. ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، މާތް ﷲގެ އަޅުތަކުންނަށް އެހީތެރިވުމާއި، މުދަލާއި ފައިސާއިން ހޭދަކުރުމަކީ ދަރުމަހުރި ކަންކަމ...

ދަރީންނަށް ހެޔޮ ތަރުބިއްޔަތު ދީ، ދެދުނިޔޭގެ ކާމިޔާބީއަށް މަގުދައްކައިދޭ މުދައްރިސުންނަކީ މަތިވެރި ބަޔެއް
Column

ދަރީންނަށް ހެޔޮ ތަރުބިއްޔަތު ދީ، ދެދުނިޔޭގެ ކާމިޔާބީއަށް މަގުދައްކައިދޭ މުދައްރިސުންނަކީ މަތިވެރި ބަޔެއް

އިންސާނީ މުޖުތަމަޢެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ތަޢުލީމާއި ތަރުބިއްޔަތެވެ. ތަޢުލީމަކީ ހަމައެކަނި ފޮތްތަކުން އުނގަންނައިދޭ ފިލާވަޅުތަކެއް ނޫނެވެ. އެއީ އިންސާނާގެ ބުއްދިއާއި ޒަމީރު ހޭލައްވައިލާ، ޖާހިލުކަމުގެ އަނދިރީން ނެރެދޭ ނޫރެކެވެ. މި މަތިވެރި މަސައްކަތުގެ މޭސްތިރިންނަކީ މުދައްރިސުންނެވެ. ދަރީންނަށް ހެޔޮ ތަރުބިއްޔަތު ދީ، ދެދުނިޔޭގެ ކާމިޔާބީއަށް މަގުދައްކައިދޭ މުދައްރިސުންނަކީ މުޅި އުންމަތުގެ އިޙުތިރާމާއި ލޯބި ޙައްޤުވާ މަތިވެރި ބަޔެކެވެ. މިއީ މިއަދުގެ ހުކުރު ހުތުބާގެ އިބ...

''ހެޔޮ ޢަމަލުކުރުމުގައި އިރުޝާދުދެއްވައިފައިވާ މިންގަނޑަކީ މަދުން ނަމަވެސް އެ ކަމުގައި ދެމިހުރުން''
Column

''ހެޔޮ ޢަމަލުކުރުމުގައި އިރުޝާދުދެއްވައިފައިވާ މިންގަނޑަކީ މަދުން ނަމަވެސް އެ ކަމުގައި ދެމިހުރުން''

އިންސާނާގެ ޙަޔާތުގައި ކުރެވޭ ހެޔޮ ޢަމަލުތަކަކީ އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ. އިސްލާމްދީން ބާރުއަޅަނީ ހަމައެކަނި ގިނަގިނައިން ހެޔޮ ޢަމަލުކުރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެ ޢަމަލުތަކަކީ އިޚްލާޞްތެރިކަމާއެކު، ދާއިމީގޮތެއްގައި ކުރެވޭ ކަންތައްތަކަކަށް ހެދުމަށެވެ. ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ފެންނަން އޮތް އެންމެ މުހިންމު އެއް އުޞޫލަކީ، ކިތަންމެ މަދުން ކުރާ ކަމެއް ނަމަވެސް އެކަމެއްގައި ދެމިހުރުމެވެ. މި އަގުހުރި ދަރުސްތައް ހިމެނޭ މިއަދުގެ ހުކުރު ހުތުބާގެ މ...

''ޙަޤީޤީ އެކުވެރީންނާއި ރަޙުމަތްތެރީން އެނގޭނީ ކުރިމަތިވާ ބޮޑެތި ކަންތައްތަކުން''
Column

''ޙަޤީޤީ އެކުވެރީންނާއި ރަޙުމަތްތެރީން އެނގޭނީ ކުރިމަތިވާ ބޮޑެތި ކަންތައްތަކުން''

އިންސާނާގެ ޙަޔާތުގައި ކުރިމަތިވާ އެކި ކަންކަމަކީ އެމީހެއްގެ ވަށައިގެން ތިބި މީހުންގެ އަސްލު ސޫރަ ފެންނަ ކަންކަމެވެ. ޚާއްޞަކޮށް ބޮޑެތި އިމްތިޙާނުތަކާއި ނާޒުކު ދަނޑިވަޅުތަކަކީ ޙަޤީޤީ އެކުވެރީންނާއި ރަޙުމަތްތެރީން ވަކިކޮށްދޭ މިންގަނޑެކެވެ. މި މަތިވެރި ފިލާވަޅަކީ އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތުން އަޅުގަނޑުމެންނަށް ލިބިދޭ އެންމެ މުހިންމު އެއް ޢިބުރަތެވެ. ރާއްޖޭގައި މިއަދު ”އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތަކުގެ މައްޗަށް” ގެނެސްދިން ހުކުރު ހުތުބާއިން އަޅުގަނޑުމެންނަށް އަގުހުރި އެތައް ފިލާވަޅެއް ލިބިދެއ...

''ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް އިހުމާލުވެއްޖެ ނަމަ ދެމަފިރިން ފާފަވެރިވާނެ''
Column

''ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް އިހުމާލުވެއްޖެ ނަމަ ދެމަފިރިން ފާފަވެރިވާނެ''

ކޮންމެ މުސްލިމް މައިންބަފައިންނެއްގެ ވެސް އެންމެ ބޮޑު އުންމީދަކީ އެބައިމީހުންގެ ދަރީންނަކީ ޞާލިޙު، ދީންވެރި އަދި ނަމާދަށް ލޯބިކުރާ ބަޔަކަށް ވުމެވެ. ނަމަވެސް މިކަމަކީ ހަމައެކަނި ދުލުން ބުނެލާ ބަހަކުން ނުވަތަ ވަކި އުމުރަކަށް ދިއުމުން އަމިއްލައަށް އުފެދޭނެ ކަމެއް ނޫނެވެ. ދަރީންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖެއްސުމަށްޓަކައި އަޅަންޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި އަންހެނުން އިޚުތިޔާރުކުރުމެވެ. ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، އިހުމ...

ކުރިމަތީ އޮތީ ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް
Column

ކުރިމަތީ އޮތީ ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް

އިންސާނާ މި ދުނިޔެއަށް ފޮނުއްވުނީ ވަކި މަޤްޞަދެއްގައެވެ. އެއީ މާތް ﷲ އަށް އަޅުކަންކޮށް، އެކަލާނގެ އެންގެވި މަގުން ހިނގުމަށެވެ. ދުނިޔޭގެ ޙަޔާތަކީ ވަގުތީ އުފަލާއި ތަޖުރިބާތަކެއްގެ މައިދާނެކެވެ. ނަމަވެސް، މިއަދު އަހަރެމެން ކުރިމަތިލާ ކޮންމެ އިމްތިޙާނަކަށް ވުރެ މާ ބޮޑު، މާ ނުރައްކާތެރި އަދި މާ މުހިންމު އިމްތިޙާނެއް ކުރިމަތީގައި އެބައޮތެވެ. އެއީ އާޚިރަތް ދުވަހުގެ ބޮޑު އިމްތިޙާނެވެ. މިއަދު ރާއްޖޭގައި ދެވުނު ހުކުރު ޚުޠުބާއެއްގައި ވެސް މިކަން ވަނީ ވަރަށް ބޮޑަށް ހަނދާންކޮށްދީފައެވެ. ”މާތް […]

''ޣާފިލުކަމުގެ ތެރޭގައި ވަގުތު ހޭދަކުރާ ޒުވާނުން އިތުރުވަމުން ދިޔުމަކީ ދެރަވެ ހިތާމަކުރާންޖެހޭ ކަމެއް''
Raajje

''ޣާފިލުކަމުގެ ތެރޭގައި ވަގުތު ހޭދަކުރާ ޒުވާނުން އިތުރުވަމުން ދިޔުމަކީ ދެރަވެ ހިތާމަކުރާންޖެހޭ ކަމެއް''

މިއަދުގެ މުޖުތަމަޢުގައި ހަމައެކަނި ދުންޔަވީ އެދުންތަކަށް ހެއްލި، ޣާފިލުކަމުގެ ތެރޭގައި ވަގުތުތައް ބޭކާރުކުރާ ޒުވާނުން އިތުރުވަމުން ދިއުމަކީ ނުހަނު ހިތާމަހުރި ކަމެކެވެ. އިސްލާމީ އުންމަތުގެ ކުރިމަގު ބިނާވެފައިވަނީ ޒުވާނުންގެ ހަކަތައާއި ޢިލްމީ ޤާބިލުކަމުގެ މައްޗަށް ކަމަށްވާއިރު، މިފަދަ ޣާފިލުކަމެއްގެ ތެރޭގައި ޒުވާން ޖީލު އޮތުމަކީ މުޅި އުންމަތް ފަހަތަށް ސާޖަހަންޖެހޭ ސަބަބެކެވެ. މިކަން ވަނީ މިއަދުގެ ހުކުރު ހުތުބާގައި ވަރަށް ސަރީޙަބަހުން ބަޔާންކޮށްދެއްވާފައެވެ. ”އިސްލާމީ ޙަޟާރަތުގެ ރަންޒަމާން” މައުޟޫއ...

''އިސްލާމް ދީނަކީ ދިރިއުޅުމަށް މަސައްކަތްކުރުމަށް އަންގަވާ ދީން، މުސްލިމުން ލަދުވެތިވެގެންނެއް ނުވާނެ''
Column

''އިސްލާމް ދީނަކީ ދިރިއުޅުމަށް މަސައްކަތްކުރުމަށް އަންގަވާ ދީން، މުސްލިމުން ލަދުވެތިވެގެންނެއް ނުވާނެ''

އިސްލާމް ދީނަކީ، ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް މަސައްކަތްކުރާން އަންގަވާ ދީން ކަމަށާއި، މި ކަމުގައި މުސްލިމުން ލަދުވެތިވެގެންނެއް ނުވާނެކަމަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައިދިން ހުކުރު ހުތުބާގައި ބުނެފިއެވެ. “މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ!” މި މައުލޫއަށް މިއަދު ގެނެސްދިން ހުތުބާގައި ވަނީ، މަސައްކަތްކުރުމާއި އުފެއްދުންތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. ހުތުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި އިސްލާމްދީނަކީ، ދުނިޔެއާއި އާ...

ހުތުބާއިން ޙަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅު
Column

ހުތުބާއިން ޙަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅު

މިއަދު ރާއްޖޭގައި ގެނެސްދިން ހުކުރު ހުތުބާގެ މައިގަނޑު ބިނާކޮށްފައި ވަނީ ”ނަބަވީ ޙަދީޘްފުޅުތަކުގެ ތެރެއިން ޙަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅު”ގެ މައްޗަށެވެ. މި ހުތުބާގައި އަލިއަޅުވާލާފައި ވަނީ ”ތައުޙީދުގެ މަތީގައި ދަރީން ތަރުބިޔަތުކުރުން” މި މައުޟޫއަށެވެ. މި ރިޕޯޓުގައި މި ޙަދީޘްފުޅުގެ މުހިންމުކަމާއި، މުޖުތަމަޢަށް އޭގެ ފައިދާ ކުރާނެ ގޮތްތަކާއި، މި ޙަދީޘްފުޅުން ލިބޭ ފިލާވަޅުތަކުގެ މައްޗަށް ބަލާލެވޭނެއެވެ. ޙަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅުނަބަވީ ޙަދީޘްފުޅުތަކުގެ...

''އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ފުރިހަމަ ނިޒާމެއް''
Raajje

''އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ފުރިހަމަ ނިޒާމެއް''

އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެއް ކަމަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ހުތުބާގައި ބުނެފިއެވެ. “ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން” މި މައުޟޫއަށް ގެނެސްދިން ހުތުބާގައި ވަނީ އިސްލާމްދީނުގެ ފުރިހަމަކަން ފާހަގަކޮށް، ބާއްޖަވެރިކަން ހޯދުމުގައި އެ ދީނުގެ މުހިންމުކަން ބަޔާންކޮށްފައެވެ. ހުތުބާގައި ބުނެފައި ވަނީ ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން ކަމަށެވެ. އެހެނީ އިސްލާމް ދީނަކީ الله سُبْحَانَهُ وَتَعَالَى އިންސާނުން މި ދުނި...

''ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލު''
Column

''ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލު''

الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. ނަމާދަށް ފަރުވާތެރިވުމުގެ މައްޗަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ހުތުބާގައި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަމުގައި ހަނދާންކޮށްދީފަވެއެވެ. ނަމާދަށް ފަރުވާތެރިވުމުގެ މުހިންމުކަން ބަޔާންކޮށްދެމުން މި ހުތުބާގައި ވަނީ ނަމާދަކީ ދީނުގެ ތަނބުކަން ހަނދާނ...

''އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުން އިސްލާމް ދީނުގައި ޙަރާމް''
Religion

''އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުން އިސްލާމް ދީނުގައި ޙަރާމް''

މިއަދުގެ ހުކުރު ހުތުބާގައި، މާތް ﷲ އިންސާނާއަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއްކަމާއި، އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެއްކަން ހަނދާންކޮށްދީފިއެވެ. މި ހުތުބާގައި ވަނީ ޙަލާލު ގޮތުގައި މުދާ ހޯދުމުގެ މުހިންމުކަމާއި، ޙަރާމް ގޮތުގައި މުދާ ހޯދުމުގެ ނުރައްކާތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. “މުދަލުގެ ޙުރުމަތް” މި މައުޟޫއަށް ގެނެސްދިން މިއަދުގެ ޚުޠުބާގައި ފާހަގަކުރައްވާފައި ވަނީ، މުސްލިމް އަޚުންނަށްޓަކައި މާތް ﷲ...

''ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، ތިބާ ފާފަވެރިވެދާނޭ ކަމެއް''
Column

''ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، ތިބާ ފާފަވެރިވެދާނޭ ކަމެއް''

މިއަދު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވުނު ހުކުރު ޚުޠުބާގައި، ހަގީގަތް ހޯދާ ބެލުމެއްނެތި ވާހަކަ ދެއްކުމާއި، ދޮގު މައުލޫމާތު ފެތުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވައިލައިފިއެވެ. ”މުއުމިނުންގެ ބަސްމަގު” މައުޟޫއަށް ގެނެސްދިން ޚުޠުބާގައި ހީގެ މައްޗަށް ބިނާކޮށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، މީހާ ފާފަވެރިވެދާނެ ކަމެއް ކަމަށް ބުނެފަވެއެވެ. ދޮގު ވާހަކަ ދެއްކުމަކީ އިސްލާމްދީން މަނާކުރާ ކަމެއްޚުޠުބާގައި ބުނީ، ސާބިތުނުވާ ދޮގުވާހަކަ ދެއްކުމަކީ، އިސްލާމް ދީން ނ...