ހޯރަފުށީގެ ދަރިވަރުންނަށް ސްޕޯޓްސް ޕްރޮގްރާމެއް ފަށައިފި
ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް “ލައިފް’ ގެ ނަމުގައި ކުރިއަށް ގެންދާ ސްޕޯޓްސް ޕްރޮގްރާމެއް ފަށައިފިއެވެ. މި މަހު 7 ވަނަ ދުވަހު ފެށި މި ޕްރޮގަރާމަކީ، ހޯރަފުށި ޕޮލިސް ސްޓޭޝަނާއި، ހއ. އަތޮޅު މަދަރުސާއާއި، ހޯރަފުށީ ކައުންސިލުގެ އިތުރުން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ޕްރޮގްރާމުުގެ ތެރެއިން ކުޅިވަރުގެ ހުނަރުތަކާއި އަހުލާގު ކުދިންނަށް ދަސްކޮށްދީ، ދީނީ ކަންކަމަށް އަހުލުވެރިކުރުމަށް މައުލޫމާ...