ތެލުގެ ވިޔަފާރި ކުރުމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ބަނދަރު ސަރަހައްދުން ދޫކުރާ ބިމަށް، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ރަށު ކައުންސިލުން ނިންމާފައި ވަނީ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިއަށް 5000 (ފަސްހާސް) އަކަފޫޓުގެ 01 ބިން 20 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްލުމަށެވެ.
މި ބިމަށް ބީލަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރީގެ ކަންކަން ނިންމުމަށް އެ ކައުންސިލުން އެދެއެވެ. ބިޑުގައި ރަޖިސްޓަރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެއެވެ.
މި ބިމަށް ބީލަން ހުށަހެޅުމާއި ބީލަންތައް ހުޅުވުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ 13:00 ގައި ހޯރަފުށީ ކައުންސިލް އިދާރާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!