ހއ. ހޯރަފުށީ ބަނދަރު ސަރަހައްދުގައި ޖެހުމަށް ބޭނުންވާ ކަދުރު ރުއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ހޯރަފުށީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށް، ހޯރަފުށީ ކައުންސިލް އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެއެވެ.

Ad
rt

އެގޮތުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11 ޖަހާއިރުން ފެށިގެން، 30 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ ހެނދުނު 11 ޖެހުމުގެ ނިޔަލަށެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް ސުން ގަޑި ހަމަވުމުގެ ކުރިން ގޫގުލް ލިންކް މެދުވެރިކޮށް ހިއްސާކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށް ކައުންސިލުން އެދިފައިވެއެވެ. އަދި މިކަމަށް ބިޑް ހުށަހެޅުމަށް ފުރުސަތު ލިބޭނީ ސުންގަޑި ހަމަވުމުގެ ކުރިން ބިޑްގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އެކަނިކަމުގައިވެސް މި އިއުލާނުގައިވެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އޮފީސް ރަސްމީ ގަޑީގައި 6500030 އަށް ގުޅުއްވުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.