ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ކަނބަލުންނަށް ހުޅުވާލައިގެން ބާއްވާ "ތިލައުތުރު ވޮލީ މުބާރާތް 2025" ގައި ހަތް ރަށަކުން ބައިވެރިވެއްޖެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު ދިހަވަނަ ދުވަހު ހަމަވެފައިވާއިރު، މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ މޮޅަދޫ، ހޯރަފުށި، އިހަވަންދޫ، ވަށަފަރު، ދިއްދޫ، މުރައިދޫ އަދި ބާރަށެވެ.

Ad
rt

އަތޮޅު ކައުންސިލުން މި މުބާރާތް ހޯސްޓް ކުރާނެ ރަށެއް ހޯދުމަށް ހުޅުވައިލުމުން ޕްރޮޕޯސަލް ހުށަހެޅި ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދައިގެން ޕްރޮޕޯސަލް ކާމިޔާބުކުރީ ހޯރަފުށި ކައުންސިލުންނެވެ. އެހެން ކަމުން މިއަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ހޯރަފުށީގައެވެ. މުބާރާތް ހިންގުމުގެ އެއްބަސްވުމުގުގައި އަތޮޅު ކައުންސިލާއި ހޯރަފުށީ ކައުންސިލާއި ދެމެދު އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.

މިއީ މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތް ބާއްވާފައިވަނީ އެ އަތޮޅު މުރައިދޫގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ވެސް މުރައިދޫންނެވެ.

މި އަހަރު މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ އަންނަ މެއި މަހުގެ 23 ވަނަ ދުވަހުއެވެ.