ހއ. އަތޮޅު މަދަރުސާގެ ސްޓަޑީ ކޭމްޕްއަށް ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ހޯރަފުށީ ކައުންސިލުން ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.
ހޯރަފުށީ އަންހެނުންގެ ކޮމެޓީން އެ ކޮމެޓީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމެޓީއާއި ހޯރަފުށީ ކައުންސިލުން އެރަށުގައި ހުންނަ އަތޮޅު މަދަރުސާއިން ބާއްވަން ނިންމާފައިވާ ސްޓަޑީ ކޭމްޕަށް 40000 ރުފިޔާގެ އެހީއެއް ދީފައިވާ ކަމަށެވެ.
ދަރިވަރުންގެ އިމްތިހާން ތަކުގެ ނަތިޖާ ރަނގަޅު ކުރުމަށްޓަކައި މީގެ ކުރިންވެސް ހޯރަފުށި ކައުންސިލުންނާއި ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެކިއެކި ގޮތް ގޮތުން އެހީ ތެރިކަން ފޯރުކޮށްދީފައެވެ.
މިފަދަ އެހީތެރިކަމުގެ ސަބަބުން ހޯރަފުށީ ދަރިވަރުން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަގުފަހިވެގެންދާއިރު، މި އެހީތެރިކަމަކީ ސްކޫލާއި، ޕީޓީއޭއާއި ބެލެނިވެރިންނާއި އަދި ދަރިވަރުންނަށް ވެސް ލިބިގެންދާނެ ހިތްވަރެކެވެ.
ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންނަނީ ރަށުގެ އިޖުތިމާއީ، ތައުލީމީ، އުމްރާނީ ކުރިއެރުމަށް ކައުންސިލާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހއ. އަތޮޅު ކައުންސިލުން ވެސް ވަނީ ހއ.އަތޮޅު މަދަރުސާގެ ސްޓަޑީ ކޭމްޕަށް ފައިސާގެ އެހީއެއް ދީފައެވެ. އެ ކައުންސިލުން ދީފައި ވަނީ 10،000 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!