ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ވޯޓަސްޕޯޓްސްގެ ހިދުމަތް ދިނުމަށް ބިން ދޫކުރަން ނިންމައި ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
އެ ރަށުގެ ލޭންޑްޔޫސް ޕްލޭނުގައި ވޯޓަސްޕޯޓްސްގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 500 (ފަސްސަތޭކަ) އަކަފޫޓުގެ ތިން ބިމެއް ވަނީ ދޫކުރަން ނިންމާފައެވެ. އެއީ މިހާރު އެ ރަށުގައި ބޭނުން ކުރަމުން އަންނަ ރަށްވެހި ބީޗް ސަރަހައްދެވެ. އެ ސަރަހައްދަކީ ރީތި ދޮންވެލި އަތިރިމައްޗާއި ރީތި ފަޅު އެކުލެވޭ ސަރަހައްދެކެވެ.
އެ ބިންތައް ދޫކުރަނީ މީލާދީގޮތުން 10 އަހަރު ދުވަހުގެ މުއްދަތަށެވެ.
މި ބިންތަކަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވާން ޖެހެއެވެ.
ބީލަން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ ރަޖިސްޓަރީވާ ފަރާތްތަކަށް އެކަންޏެވެ.
މި ބިންތަކަށް ބީލަން ހުށަހެޅުމަށް ކަނޑައަޅާފައި ވަނީ އަންނަ ޖޫން މަހުގެ ދެވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!