ހޯރަފުށި ތަމްސީލު ކުރާނެ ކުޅިވަރު ޓީމުތަކެއް އެކުލަވާލަނީ
ހއ. ހޯރަފުށި ތަމްސީލު ކުރާނެ ކުޅިވަރު ޓީމުތަކެއް އެކުލަވާލަން ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް އެރަށު ކައުންސިލުން ހުޅުވާލާއިފިއެވެ. އެ ކައުންސިލުން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ ވޮލީބޯލް، ހޭންޑް ބޯލް އަދި ފުޓްސަލުން އެރަށް ތަމްސީލުކުރާނެ ޓީމުތަކެއް އެކުލަވައިލުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން ވޮލީ ބޯލުގައި އަންހެން އަދި ފިރިހެން ޓީމު ނެގުމަށް ނިންމާފައިވާއިރު، ހޭންޑްބޯލް ގައި ނަގަނީ އަންހެން ޓީމެކެވެ. އަދި ފުޓްސަލްގައި ނަގަނީ ފިރިހެން ޓީމެކެވެ. މި ޓީމުތަކުގައ...