ފިނޭ ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް
ހދ. ފިނޭ ސުކޫލުގެ ގުރޭޑު ފަހަކުން މަތީގެ ދަރިވަރުންނަށާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަހުގެ 12 ވަނަ ދުވަހު ފިނޭ ސުކޫލުގައި މި ސެޝަންތައް ބާއްވާފައިވަނީ ކުށްމަދު އަމާން ޖީލެއް ބިނާކުރުމުގެ މަގުސަދުގައެވެ. ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން، ފިނޭ ސުކޫލާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ އަހުލާގު ރަނގަޅު ދަރިވަރުންތަކެއް އުފައްދައި، ރައްކާތެރި މުޖުތަމައަކަށް ދަރ...