ހއ. އުލިގަމުގައި އަދި ފިނޭގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

މިދެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެވެ.

Ad
rt

އުލިގައުމުގައި އަލަށް އިމާތް ކުރާ މި އިންޖީނުގޭގެ މަސައްކަތް ފެނަކަ ކޯޕަރެޝަނުން ހަވާލު ކޮށްފައިވަނީ 2 އެލް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ސަރުކާރުން 2 އެލް ކޮންސްޓްރަކްޝަނާއި މި މަސައްކަތް ހަވާލު ކޮށްފައިވަނީ 5.599454.10 ރުފިޔާއަށެވެ. މި މަސައްކަތް 2 އެލް ކޮންސްޓަރަކްޝަން އާއި ހަވާލު ކޮށްފައިވަނީ 170 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ފިނޭ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަންއާއެވެ. 5249479.62 ރުފިޔާގެ މި ޕްރޮޖެކްޓް ގައި އެލް.އެފް ކޮންސްޓްރަކްޝަން އާއި އެކު ސޮއިކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

މި މަސައްކަތްވެސް ނިންމަންޖެހޭ ތާރީހަކީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހަށްށެވެ.

އުލިގަމިގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މި ބިންގާ އެޅުނު އިންޖީނުގެ ރައްޔިތުން ދިރިއުޅޭ ހިސާބާއި ކިތެންމެ ދުރުގައި އިމާރާތް ކުރެވިފައި ހުރި ނަމަވެސް އޮފީހަށް އަންނަން ޖެހޭ މާބޮޑު ބޭނުމެއް ނޯންނާނެ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ގޭތެރޭ ތިބެގެން ކަރަންޓް ބިލް ދެއްކުމުގެ ނިޒާމް ހަމަޖެހިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އޭގެ އިތުރުން އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ލިބޭ ބިލަކީ، ގޭ ދޮރުމަތީ ހުރެގެން ޕްރިންޓް ކުރެވިގެން ނުކުންނަ ކުޑަކުޑަ ބިލަކަށް ވެގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ފެނަކައިން މިއަހަރުތެރޭގައި މުޅީން އަލަށް 30 އިންޖީނުގެ އެޅުމަށް އަމާޒު ހިފައިފައިވާއިރު މިއަހަރު މިހާތަނަށް ފެނަކައިން ވަނީ ގިނަ ރަށްރަށެއްގައި އިންޖީނުގެ އެޅުމަށް ނިންމައި އެތަންތަނުގެ ބިންގާ އަޅައިފައެވެ.