ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ފައިނަލަށް ޓީމު ހަނިމާދޫ ބަލިކޮށް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ދަތުރު ކޮށްފިއެވެ. ފައިނަލްގައި ބައްދަލުކުރާނީ ޓީމް ނޮޅިވަރަމް އަދި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ.

ސެމީ ފައިނަލްގެ ފަހު މެޗުގައި މިރޭ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ވަނީ ސީދާ ތިން ސެޓުން ޓީމު ހަނިމާދޫ ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބު ކުރީ 20-25 އިންނެވެ. ދެވަނަ ސެޓު 22-25 އިން ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބުކުރިއިރު ތިން ވަނަ ސެޓު އެޓީމުން ކާމިޔާބުކުރީ 23-25 އިން ނެވެ.

Ad
rt

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ގެ އަލީ ހުޒާމް އެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ނޮވެމްބަރ 5 ވަނަ ދުވަހުގެ ރޭ 20:00 ގައި ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައެވެ.

ޓީމު ނޮޅިވަރަމް ވަނީ މި މުބާރާތުގެ ފައިނަލުގައި އެންމެ ގިނައިން ކުޅޭ ޓީމުގެ ރިކޯޑު ހަދާފައެވެ. މިއީ ޓީމު ނޮޅިވަރަމް މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ 3 ވަނަ ފަހަރެވެ. މި މުބާރާތުގައި ޓީމް ނޮޅިވަރަމް ބަލިކުރި ހަމައެކަނި ޓީމަކީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ.