ހދ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފި އެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫއުގެ އަމަލީ މަސައްކަތް 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފަށާ، އެ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެތެރޭގަ އެވެ.
މިއީ 21،335،698.08 ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 4.8 ކިލޯމީޓަރުގެ ފެނުގެ ނިޒާމްގެ ވިއުގައެއް ގާއިމްކޮށް، 7.2 ކިލޯމީޓަރުގެ ނަރުދަމާ ނިޒާމުގެ ވިއުގައެއް ވަނީ ގާއިމްކޮށްފަ އެވެ.
މީގެ އިތުރުން ދުވާލަކު 25 ޓަނުގެ ފެން އުފައްދާ ދެ އާރް.އޯ ޕްލާންޓް ބަހައްޓާފައިވާއިރު، ފެން ރައްކާކުރުމަށް 130 ޓަނުގެ ދެ ތާންގިއާއި ވާރޭފެން ރައްކާ ކުރުމަށް 110 ޓަނުގެ ތާންގީއެއް ވަނީ ބަހައްޓާފަ އެވެ.
މިމަޝްރޫއުގެ ދަށުން 179 ގެއަށް ފެނުގެ ކަނެކްޝަނާއި 180 ގެއަށް ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!