ހދ. ފިނޭގެ އަމިއްލަ ޖަމުއިއްޔާ އެއް ކަމަށްވާ ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވޮލީބޯޅަ މުބާރާތް މިއަހަރު ނުބާއްވަން އެ ޖަމުއިއްޔާއިން ނިންމައިފިއެވެ.

އެ ޖަމިއްޔާގެ ރައީސް މުޙައްމަދު ޝިހާމް ސޮއިކުރައްވާ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވުމުންނާއި ކަމާބެހޭ ފަރާތްތަކުން އެއްތަނަކަށް އެއްވެ ނޫޅުމަށާއި ޢިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް އިލްތިމާސްކޮށްފައިވާތީ ވީއެސްއާރްސީ ވޮލީބޯޅަ މުބާރާތް 2020 ވަނަ އަހަރު ނުބާއްވަން ނިމްމާފައިވާކަމަށެވެ. މި ނިންމުން ނިމްމާފައިވަނި ޖަމިއްޔާގެ ބޯޑް މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާއިން ކަންވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

Ad
rt

ވީއެސްއާރްސީ ވޮލީބޯޅަ މުބާރާތަކީ 2016 ވަނަ އަހަރުން ފެށިގެން މުޅި ހދ.އަތޮޅަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ހިންގަމުން އަންނަ މުބާރާތެކެވެ.

ހދ އަތޮޅުގައި ބާއްވަމުންދާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް ކަމަށްވާ ވީއެސްއާރްސީ ވޮލީބޯލް މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމްއަކަށް ހޯދާފައިވަނީ ޓީމު ނޮޅިވަރަމް އެވެ. ފައިނަލުގައި ޓީމް ނޮޅިވަރަމް ވާދަކޮށްފައިވަނީ ނޮޅިވަރަންފަރާއެވެ. މިމެޗްވަނީ ސަންގުޓީވީއިން ވަގުތުން ދުރައްދައްކާފައެވެ. 2019 ވަނައަހަރުގެ ވީއެސްއާރްސީ ވޮލީބޯޅަ މުބާރާތުގެ މީޑިޔާ ޕާރޓްނަރ އަކީ ތިލަދުންނެވެ.

މިދިޔައަހަރުގެ މުބާރާތުގައި ޖުމްލަ 6 ޓީމު ވާދަކުރިއެވެ. އެއީ ޓީމް ހަނިމާދޫ، ޓީމް ފިނޭ، ޓީމް ނޮޅިވަރަމް، ވިޔެސް (ވައިކަރަދޫ)، ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބް އަދި ޓީމު ކުޅުދުއްފުށި އެވެ.