ހދ. ފިނޭ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފިނޭ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރިންކޮށްފައިވާ ޢިއުލާނަށް ބަދަލުގެނެސް އަލުން އިއުލާން ކުރާކަމަށެވެ.
މިމަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށް އެ ޢިއުލާންގައި ބަޔާންކޮށްފައިވާއިރު، މިބީލަމުގައި ބައިވެރިވުމަށް ދައްކަންޖެހޭ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ ބަލައިގަތުން ކުރިއަށް ދާނީ 20 ފެބުރުވަރީ 2022 އިން 10 މާރޗް 2022 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރިކޮށެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/55,000ރ (ފަންސާސް ފަސް ހާސް ރުފިޔާ) ހުށަހަޅަން ޖެހެއެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.
ބިޑު ހުޅުވުން އޮންނާނީ 15 މާރޗް 2022 ވާ އަންގާރަދުވަހުގެ 10:00ގައި އެމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި އެމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 3 މާރޗް 2022 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 8 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން hawwa.nazla@finance.gov.mv މިއެޑްރެހަށް އީމެއިލް ކުރުމަށް އެމިނިސްޓްރީއިން ވަނީ އެދިފައެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!