އުތުރުގެ މައި ހޮސްޕިޓަލްގެ ތާރީޚްގައި އެންމެ ބޮޑު ކުރިއެރުން ލިބުނު 3 އަހަރު
މިއަދު، ނޮވެންބަރު 17، 2018 އަކީ މި ސަރުކާރު ވެރިކަމާއި ހަވާލުވިތާ 3 އަހަރާއި އަރާ ހަމަކުރާ ދުވަހެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި، އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވެ ވަޑައިގަތްއިރު ގައުމު އޮތް ހާލަތުން އަރައިގެންނެވުމަށްޓަކައި އެމަނިކުފާނު ފެއްޓެވި ދަތުރުގައި 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ލައިގަތީ މުޅިދުނިޔެ އިނދަޖައްސާލި ކޯވިޑްގެ އާލަމީ ވަބާއެވެ. އެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތުތައް އެކަށައެޅުއްވުމުގައި، އަދި އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސ...