މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#ހދ. ކުޅުދުއްފުށި ސިޓީ

1,138 Stories filed
ކުޅުދުއްފުށީ ސިޓީ މޭޔަރު ކަމަށް ވާދަކުރި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ މޭޔަރު ކަމަށް ވާދަކުރި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފި

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ހދ. ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރި، ހދ. ކުޅުދުއްފުށީ، ރެޑްޕާލް، އާދަމް ޝަރީފް މުހައްމަދު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް އިއްޔެ ސޮއިކޮށްފިއެވެ. ކުރިން އެމްޑީޕީއާއި، ޑީއާރުޕީގައި ވެސް އިސް ސަފުގައި މަސައްކަތްކުރި އާދަމް ޝަރީފް އެމްއެންޕީއާއި ގުޅުނުކަން ހާމަކޮށް އެ ޕާޓީން ބުނީ، ސިޔާސީ ދާއިރާގައި، ޚާއްސަކޮށް ސިޔާސީ ކެމެޕެއިންތަކުގައި ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ކުޅުދުއްފުށި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފައިވާ...

ޕީސީއާރު ނުހަދާ ދަތުރުކުރެވޭ ރަށްތަކުގެ ލިސްޓަށް ކުޅުދުއްފުށި
Thiladhunmathi News

ޕީސީއާރު ނުހަދާ ދަތުރުކުރެވޭ ރަށްތަކުގެ ލިސްޓަށް ކުޅުދުއްފުށި

ޕީސީއާރު ޓެސްޓަކާއި ނުލާ ދަތުރުކުރެވޭ ރަށްތަކުގެ ލިސްޓުގައި ކުޅުދުއްފުށި ސިޓީ ހިމެނިއްޖެ އެވެ. މި ލިސްޓަކީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މީހުންގެ %90 މީހުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ރަށްތަކުގެ ލިސްޓެވެ. އެގޮތުން، ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ޕީސީއާރު ޓެސްޓަކާއި ނުލާ އަދި އެެއްވެސް ކަރަންޓީނު ވުމެއް ނެތި ކުޅުދުއްފުށި ސިޓީ އަށް މިހާރު ދަތުރުކުރެވޭނެއެވެ. އ...

ކޭއާރުއެޗްއިން، މިމަހުގެ 27 އިން 29އަށް ނެފްރޮލޮޖީ އަދި ޔޫރޮލޮޖީގެ ހާއްސަ ޑަކްޓަރުންގެ ޚިދުމަތް
Thiladhunmathi News

ކޭއާރުއެޗްއިން، މިމަހުގެ 27 އިން 29އަށް ނެފްރޮލޮޖީ އަދި ޔޫރޮލޮޖީގެ ހާއްސަ ޑަކްޓަރުންގެ ޚިދުމަތް

މިމަހުގެ 27 އިން 29 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި އިންޑިޔާގެ އެން.ޔޫ ހޮސްޕިޓަލުގެ އެހީތެރިކަމާއި އެކު ޤާއިމްކުރެވިގެން ކުރިޔަށްދާ ނޭޝަނަލް ޔޫރޮލޮޖީ ރީނަލް އެންޑް ފާރޓިލިޓީ ސެންޓަރުގެ ޑޮކްޓަރުން ބައްލަވާނެކަމަށް ކޭއާރްއެޗް އިން ވިދާޅުވެއްޖެ އެވެ. ކޭއާރްއެޗްއިން ވިދާޅުވީ އެ މުއްދަތުގައި ބައްލަވާނީ ނެފްރޮލޮޖީ އަދި ޔޫރޮލޮޖީގެ ހާއްސަ ޑަކްޓަރުން ކަމަށެވެ. ނެފްރޮލޮޖީ އަދި ޔޫރޮލޮޖީގެ ޑޮކްޓަރުންނަކީ އަކީ ކިޑްނީ އާއި ގުޅޭ ބަލިތަކަށާއި ކުޑަ ކަމުދިޔުމުގައި ދިމާވާ މައްސަލަ ފަދަ ކަން...

މިއަހަރުގެ ޔޫތު އެވޯޑު ކުޅުދުއްފުށީ 3 ދަރިއަކަށް
Raajje

މިއަހަރުގެ ޔޫތު އެވޯޑު ކުޅުދުއްފުށީ 3 ދަރިއަކަށް

މިއަހަރުގެ ޔޫތު އެވޯޑް ލިބުނު 10 ޒުވާނުންގެ ތެރޭގައި ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 3 ޒުވާނެއް ހިމެނިއްޖެއެވެ. މިގޮތުން މި އަހަރުގެ ޔޫތު އެވޯޑު އެންމެ ގިނައިން ލިބުނު ޒުވާނުން ނިސްބަތްވާ ރަށަކަށް ވެފައި ވަނީ ހދ. ކުޅުދުއްފުއްޓެވެ. މި އެވޯޑްތައް ދީފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައިއެވެ. މި އެވޯޑްތައް ހަވާލުކޮށް ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މި ގޮތުން މިއަހަރުގެ ޔޫތު އެވޯޑް […]

ކުޅުދުއްފުށި ސިޓީން 2 ފޫޓުގެ ހަރުފައެއް ފެނިއްޖެ
Raajje

ކުޅުދުއްފުށި ސިޓީން 2 ފޫޓުގެ ހަރުފައެއް ފެނިއްޖެ

ކުޅުދުއްފުށި ސިޓީން 2 ފޫޓުގެ ހަރުފައެއް ފެނިއްޖެ އެވެ. މިހަރުފަ ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މިނޫހާއި ވާހަކަ ދައްކަމުން އެސަރައްދުގައި ހުރި ޒުވާނަކު ބުނީ އެ ހަރުފަ ފެނިފައިވަނީ އެތުމާ ގުދަން ކައިރިންކަމަށެވެ. ހަރުފަ ފެނިފައިވަނީ ބޭރުން ގެނެސްފައިވާ ލަކުޑި ތަކެއްގެ ތެރެއިންކަމަށެވެ. އެލަކުޑިތައް އެދަރަހައްދަށް ދެނެސްފައިވަނީ އިއްޔެ ހަވީރުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެޒުވާނާ އިތުރަށް ބުނީ މިހަރުފައިގައި 2 ފޫޓު ވަރު ހުންނާނެކަމަށެވެ. މިއީ ޕައިތަން އާއިލާއަށް ނިސްބަތްވާ ހަރުފ...

ބޮޑުތިލަދުންމަތީގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫޢުތަކާއެކު ވަޒީފާތައް އިތުރުވެގެންދާނެ
Thiladhunmathi News

ބޮޑުތިލަދުންމަތީގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫޢުތަކާއެކު ވަޒީފާތައް އިތުރުވެގެންދާނެ

ބޮޑުތިލަދުންމަތީގައި ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތަކާއެކު އެ ސަރަހައްދުގައި އިތުރު ވަޒީފާގެ ފުރުޞަޠުތައް އިތުރުވެގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު ޢާޠިފް ދެއްކެވި ވާހަކާގައި ވަނީ ބޮޑުތިލަދުންމައްޗަށް ދި...

ކުޅުދުއްފުށީ 1400 ހައުސިން ޔުނިޓް އަޅަނީ
Thiladhunmathi News

ކުޅުދުއްފުށީ 1400 ހައުސިން ޔުނިޓް އަޅަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެ ސިޓީގައި 1400 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ދެއްކެވި ވާހަކާގައި ވަނީ ކުޅުދުއްފުށީ ސިޓ...

ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވަން ކުޅުނު އެކުވެރިކަމުގެ މެޗުން ޤައުމީ ޓީމް މޮޅުވެއްޖެ
Thiladhunmathi News

ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވަން ކުޅުނު އެކުވެރިކަމުގެ މެޗުން ޤައުމީ ޓީމް މޮޅުވެއްޖެ

ހދ. ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ތަރައްޤީ ކޮށްފައިވާ ޓާފް ފުޓްބޯޅަ ދަނޑު ހުޅުވުމަށް މިއަދު ހަވީރު ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާއި ޓީމް ކުޅުދުއްފުށި ބައްދަލުކުރި މެޗު ޤައުމީ ޓީމުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ޤައުމީ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ކުޅުދުއްފުށީ ޓާފް ދަނޑު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވާފައި ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުނަ ޤައުމީ ޓީމް […]

މުޖުތަބާ ދޫކޮށްލަން ގޮވާލައިފި
Thiladhunmathi News

މުޖުތަބާ ދޫކޮށްލަން ގޮވާލައިފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަޙްމަދު ދޫކޮށްލުމަށް އެ ކޯލިޝަނުން ގޮވާލައިފިއެވެ. އެ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަޙްމަދު މިއަދު ހަވީރު ފުލުހުން ހައްޔަރުކޮށްފައި ކަމަށެވެ. މުޖްތަބާ ހައްޔަރުކޮށްފައިވަނީ ރައީސް ޞާލީހް ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް މިއަދު ވަޑައިގެންނެވި ވަގުތު މުޖުތަބާގެ ގޭގައި، ރައީސް ޔާމީން މިނިވަން ކުރުމަށާއި، ރައީސ...

ކުޅުދުއްފުށީ ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށީ ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ދަނޑު ހުޅުއްވައި ދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއެވެ. މިއަދު 17:00 ހާއިރު މި ދަނޑު ރަސްމީކޮށް ހުޅުވުމާއެކު މިދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗްގެ ވަނީ ކުޅެން ފަށާފައެވެ. މި މެޗްގައި އެއްކޮޅުން ޓީމް ކުޅުދުއްފުށި ބައްދަލުކުރާ އިރު އަނެއްކޮޅުން ބައްދަލު ކުރަނީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމެވެ. ނަމަވެސް ޤައުމީ ޓީމުގައި ޔޫތު މިނިސްޓަރު މަހްލޫފްވެސް ދަނީ ކުޅެމުން...

ރައީސް މިއަދު ކުޅުދުއްފުށި ސިޓީއަށް
Thiladhunmathi News

ރައީސް މިއަދު ކުޅުދުއްފުށި ސިޓީއަށް

ޒުވާނުންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ހދ. ކުޅުދުއްފުށީ ސިޓީ އަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ. މައުލޫމާތު ލިިބިފައިވާ ގޮތުގައި ރައީސް ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ، މި އަހަރު ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަމުން އަންނަ ކުޅުދުފުއްޓަށް ރައީސް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ދުބާއީގައި ކުރިއަށް...

ކުޅުދުއްފުށީ ޓާފް ދަނޑުހުޅުވުގެ މެޗަށް ގައުމީ ޓީމް ކުޅުދުއްފުއްޓަށް
Thiladhunmathi News

ކުޅުދުއްފުށީ ޓާފް ދަނޑުހުޅުވުގެ މެޗަށް ގައުމީ ޓީމް ކުޅުދުއްފުއްޓަށް

ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި، ޓީމް ކުޅުދުއްފުށީ ބައްދަލުކުރާ ގޮތައް ހަމަޖެހިއްޖެއެވެ. ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރުއެވެ. މި މެޗް ފަށަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 16:00 ގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ކުޅުދުއްފުށީ ރަސްމީބޯޅަދަނޑުގައި ޓާފް އަޅައި ހުޅުވުމުގެ ގޮތުން ޓީމް ކުޅުދުއްފުއްޓާއި، ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް ކުޅޭ އެކުވ...

ގުޑު ގުޑާ ދޫނިތައް އައިސްއުޅެނީ "ނުރަސްމީ ދަތުރެއްގައި"، ހައްޔަރު ނުކުރާތި!
Thiladhunmathi News

ގުޑު ގުޑާ ދޫނިތައް އައިސްއުޅެނީ "ނުރަސްމީ ދަތުރެއްގައި"، ހައްޔަރު ނުކުރާތި!

އެއް ގައުމުން އަނެއް ގައުމަށް ހިކުރަކުރާ ދޫނިތަކަށް ނުރައްކާ ބޮޑު އިރު، އެ ދޫނިތައް ހިޖުރަކުރަނީ ކީއްވެގެންކަން އިނގޭ ހެއްޔެވެ.؟ އަދި އެ ދޫނިތަކަށް ހިމާޔަތާއި ރައްކާތެރިކަން ބޭނުންވެއެވެ. އެ ދޫނިތަކުގެ ފުށުން އަހަރުމެންގެ ނާޒުކު ތިމާވެއްޓަށް ލިބޭ ފައިދާ ބޮޑުއިރު، އެފަދަ ދޫނިތައް ހައްޔަރުކޮށް އަނިޔާކުރުމަކީ އެ ދޫނިތަކަށްވެސް ދެވޭ އަނިޔާއެކެވެ. އެންމެ އެކަށީގެންވާ ގޮތަކީ އެ ދޫނިތައް އަމިއްލައަށް އެ އެއްޗެހީގެ މިނިވަންކަމުގައި އުޅެން ދޫކޮށްލުމެވެ. ހުޅަނގު މޫސުން ވެގެންގޮސްފައިވަނީ އާންމު ގޮތެއްގައި...

ގުޑުގުޑާ ދޫނި އައިނެއް ތިލަދުންމައްޗަށް! ހިފާ ގޯނާކުރާނަމަ ފިޔަވަޅު އަޅަނީ
Thiladhunmathi News

ގުޑުގުޑާ ދޫނި އައިނެއް ތިލަދުންމައްޗަށް! ހިފާ ގޯނާކުރާނަމަ ފިޔަވަޅު އަޅަނީ

ރާއްޖޭން އާއްމުކޮށް ނުފެންނަ މާކަނާގެ އާއިލާގައި ހިމެނޭ ގުޑުގުޑާ ދޫނި “ގުރޭޓަރ ފްލެމިންގޯ” އައިނެއް ތިލަދުންމަތީގެ އެކި ރަށްރަށުން ފެނިއްޖެ އެވެ. ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ މި ދޫނިތައް ފެނިފައިވަނީ ހއ. ފިއްލަދޫ، ހއ. ބާރަށް އަދި ހދ. ކުޅުދުއްފުށި ސިޓީ އިންނެވެ. އެންމެ ފުރަތަމަ މިދޫނިތައް ފެނި އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ ފިއްލަދޫ ފުއްޓަރު ފަރާތު އަތިރިމަތިންނެވެ. މިދިޔަ އާދިއްތަ ދުވަހު މެންދު...

ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީން މޭކަޕް ކޯހެއް
Thiladhunmathi News

ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީން މޭކަޕް ކޯހެއް

ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން މޭކަޕް އަދި ހެއަރ ޑްރެސިން ކޯހެއް ފަށަން ތައްޔާރުވެއްޖެ އެވެ. އެ ކޮމިޓީން މިއަދު އާންމު ކުރެއްވި ގޮތުގައި މި ކޯހަކީ ބައިވެރިންނަށް މުޅިން ހިލޭ ގެންދެވޭނެ ކޯހެއް ކަމަށެވެ. މި ކޯހުގައި 2 ވައްތެރެއްގެ ހެއަރ ކަޓްސް އާއި ބުމަ ތްރެޑް ކުރުމާއި ތިއަރީގެ އިތުރުން އަމިއްލައަށް މޭކަޕް ކުރާނެ ގޮތް ދަސްކޮށްދެއެވެ. އަދި ކޮންމެދުވަހުގެ ދިރިއުޅުމުގައި ކުރާ މޭކަޕާއި ޚާއްސަ ހާލަތްތަކުގައި […]