ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީން ކުރިއަށް ގެންދިޔަ މޭކަޕް ކޯސް ނިންމާލައިފި

249009174_170391488631066_8750094604993094019_n

ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ މޭކަޕް ކޯސް ނިންމާލައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ސިޓީގައި ކުރިއަށް ގެންދިޔަ މި ކޯހަކީ ކާމިޔާބު ކަމާއެކު ނިންމާލެވުނު ކޯހެއްކަމަށް އެ ކޮމެޓީން ވަނީ ވިދާޅުވެފައެވެ.

މި ކޯސް ފަށާފައިވަނީ މި އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުއެވެ. މި ކޯހުގައި ކިޔަވާދީފައި ވަނީ ބްލަޝް ސެލޫންގެ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ.

މި ކޯހަކީ 30 ބައިވެރިންނަށް ޖާގަ ދީގެން، މުޅިން ހިލޭ ކުރިއަށް ގެންގޮސްދިން ކޯހެކެވެ.

މި ކޯހުގައި 2 ވައްތެރެއްގެ ހެއަރ ކަޓްސް އާއި ބުމަ ތްރެޑް ކުރުމާއި ތިއަރީގެ އިތުރުން އަމިއްލައަށް މޭކަޕް ކުރާނެ ގޮތް ދަސްކޮށްދިނެވެ.

މީގެއިތުރުން ކޮންމެދުވަހުގެ ދިރިއުޅުމުގައި ކުރާ މޭކަޕާއި ޚާއްސަ ހާލަތްތަކުގައި ބޭނުން ކުރާ މޭކަޕް އަދި ހަންގަޑާއި އެއްކުލައިގެ ފައުންޑޭޝަން ހޯދުމަށްވެސް މި ކޯހުގައި ކިޔަވައިދީފަ ވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި