ހދ. ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުގައި ހުރި، ބޮނބިފާ އޮޅުފަދަ ތަންތަން ނެގުމަަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން އަންގައިފި އެވެ.

އެކައުންސިލުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ އަމީރު އަމީން ސްކޫލްގެ އުތުރުން މަގާންމަގާއި ދޭތެރޭގައިވާ ބޮނބިފާ/އޮޅުފަދަ ތަންތަނާއި، ހިރަފުސް ދަނޑު އިރުމަތި އަދި އުތުރުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން އަދި ކުޅުދުއްފުށީ ކުޅީގެ ދެކުނުން ހުރި ގޯތިތަކުގެ އިމުން ފެށިގެން 50 ފޫޓްގެ ސަރަހައްދުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން ހުސްކުރަން ބޭނުންވާކަމަށެވެ.

Ad
rt

"މިއަދުން ފެށިގެން 21 ދުވަހުގެ ތެރޭގައި ދެންނެވުނު ސަރަހައްދުތަކުގައި ހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި ނަގައިގެން ގެންދެވުން އެދެމެވެ."

އެކައުންސިލްގެ ދެންނެވުމުގައި ވެއެވެ.

މި މުއްދަތުގެ ތެރޭގައި މި ތަކެތި ނުނަންގަވައިފިނަމަ އެއީ ވެރިޔަކު ނެތް ތަކެތި ކަމަށް ބަލާ ނައްތާލެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކޮށްފައިވެއެވެ.

ރޯނުވެށުމަކީ ކުޅުދުއްފުށީގެ ހީވާގި ކަނބަލުން ޒަމާނުންސުރެ ކުރަމުން އަންނަ ވަރަށް ފަންނީ އިޤްތިސާދީ މަސައްކަތެކެވެ. މުޅި ރާއްޖޭގައިވެސް އެންމެ ފެންވަރު ރަނގަޅު އެންމެ ރީތި ރޯނު ވަށަނީވެސް ކުޅުދުއްފުށީގެ އަންހެން ކަނބަލުންނެވެ.

ކުޅުދުއްފުށީގައި އެއަރޕޯޓް އެޅުމުގެ ކުރިން އެސަރަހައްދުގައި އޮތް ކުޅީގައިވެސް މިފަދަ ގިނަ ބޮނބިފާ އޮޅުތަކެއް އޮތެވެ.