ހދ. ކުޅުދުއްފުށި ސިޓީ ބަނދަރުގައި އަޅާފައި އޮތް ޑިންގީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިއަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށި ސިޓީގެ އުތުރުފަރާތު ބަނދަރުގައި ކަމަށެވެ.

Ad
rt

މި ޑިންގީ އަކީ 22 ފޫޓްގެ ޑިންގީއެއްކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވަ އެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާކަމަށް ވިދާޅުވި އެވެ.

އެމްއެންޑީއެފްއަށް މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:31 ހާއިރުއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް ޑިންގީއަށްވަނީ އެކިވަރުގެ ގެއްލުން ވެފަ އެވެ.